އިބްން ޤައްޔިމް ރިވާ ކުރައްވާފައިވާ ގޮތުގައި ހަތަރު ކަމަކުން ރިޒްޤް ލިބިދެއެވެ. އެއީ:
1 ރޭއަޅުކަންކުރުން
2 އަސްތަޣްފާރުކުރުން ގިނަކުރުން، ޚާއްޞަކޮށް ރޭގަނޑުގެ ފަހުބައިގަ،
3 ޞަދަޤާތްކުރުން ގިނަކުރުން
4 ދުވާލުގެ ކުރީކޮޅުގަ އާއި ފަހުކޮޅުގައި ޛިކްރްކުރުން
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިއިން ކޮންމެ ކަމަކީވެސް އެމީހަކު ކުރަން ބޭނުންވެއްޖެ ނަމަ ވަރަށް ފަސޭހައިން ކުރެވޭނެ ކަންކަމެވެ. އެހެންކަމުން ރިޒްޤް ތަނަވަސްވުމަށް އެދޭ މީހާ މިކަންކަން ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން ކިތަންމެހައިވެސް މުހިންމެވެ.
ރޭގަނޑު ވާޤިޢާ ސޫރަތް ކިޔެވުންމަތީގައި ދެމިހުންނަ މީހަކު ހައިހޫނުކަމުގައި އުޅެން ނުޖެހޭނެ ކަމަށްވެސް ޙަދީޘްފުޅުގައި އޮވެއެވެ. ވާޤިޢާ ސޫރަތަކީ ތަނަވަސްކަން ލިބުމުގެ ސޫރަތް ކަމަށާއި ވާޤިޢާ ސޫރަތް ކިޔެވުމަށާއި ކުދިންނަށް ދަސްކޮށް ދިނުމަށް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވި ކަމަށްވެސް އޮވެއެވެ.