ހުކުރު ދުވަހަކީ ދުޢާކުރުމުގެ ދުވަހެވެ. ވީމާ ދުޢާކުރުން ގިނަކުރާށެވެ! މިއީ މިއަދު އަހަރެން ކުރި ދުޢާއެވެ!
"އަޅަމެން ކުރާ ކޮންމެ ކަމެއް ވެސް ކުރަނީ އިނބަ ﷲ ގެ ހަޟްރަތުން ވާގިއެދިގެންނެވެ. ހަމައެކަނި އިނބަ ﷲ އަށްޓަކައެވެ. އަޅަމެން ގަދައަޅައި މަސައްކަތް މިކުރަނީ ވީހައި ގިނަ ހެޔޮ އަމަލުތައް ކުރުމަށެވެ. އަޅަމެންނަކީ ފުރިހަމަ ބައެއް ނޫނެވެ. އެހެންކަމުން އަޅަމެންނަށް ކުށްތައް ކުރެވެއެވެ. ފާފަތައްވެސް ކުރެވެއެވެ. ވަރަށް ގިނައިން ކުރެވެއެވެ. އަޅަމެންނަށް ފާފަ ފުއްސަވައިދެއްވަވާނދޭވެ!
އަޅަމެން ދުވަހަކުވެސް އިނބަ ރސްކަލާނގެ ރަހްމަތްފުޅުން އުންމީދު ކަނޑައެއް ނުލަމުއެވެ. އަޅަމެންގެ އެންމެ ބޮޑު އެދުމަކީ އަޅަމެންގެ ހިތްތައް އަބަދުވެސް އިނބަ ﷲ އާއި ގުޅި ލާމެހިފައިވުމެވެ. އެކަމުގެ ފުރުޞަތު އަޅަމެންނަށް މިންވަރުކޮށްދެއްވަވާނދޭވެ!"
މިފަދަ މޭރުމުން ދުޢާކުރަން ޖެހޭ ސަބަބަކީ އަހަރެމެން ތިބީ ﷲ ތަޢާލާގެ ޙަޟްރަތަށް ވަކީލުކޮށްގެން އަދި ﷲ ތަޢާލާގެ މަދަދަށް އެދިގެން ކަމަށްވާނަމަ ﷲ ތަޢާލާ އަބަދުވެސް އަހަރެމެން ހިމާޔަތްކޮށް ދެއްވަވާނެތެވެ. އަހަރެމެންނަށް ބޭނުންވާނެ އެންމެހައި ނިޢްމަތްތައް މިންވަރުކޮށްދެއްވަވާނެތެވެ. އަހަރެމެން އެދޭ ކަންކަމުގެ ތެރެއިން އަހަރެމެންނަށް ފައިދާހުރި ހުރިހާ ކަމެއްވެސް ފަހިކޮށްދެއްވަވާނެތެވެ.
ކޮންމެ މީހަކުވެސް އެމީހަކަށް ވިސްނޭ ގޮތަކަށް ﷲ ތަޢާލާއަށް ދުޢާކުރުން ގިނަކުރާށެވެ! ހުކުރު ދުވަހެއް ނިމިގެންދާއިރު އެމީހަކު ބޭނުންވާ ކަންކަމަށް އެދި ދުޢާ ނުކުރާނަމަ އެ ގެއްލުވައިލެވެނީ ރަނުގެ ފުރުޞަތެވެ!
- މުފްތީ މެންކްގެ ދަރުސަކުން