ﷲއަށް ލޯބިން 3 މަސް ދުވަހު ކަނޑުމަތީގައި ބިރުވެރި ދަތުރެއްކޮށް ދީނީ ޢިލްމުވެރިއަކަށްވެ ދީނަށް ޚިދުމަތްކުރި މީހެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ﷲއަށް ލޯބިން 3 މަސް ދުވަހު ކަނޑުމަތީގައި ބިރުވެރި ދަތުރެއްކޮށް ދީނީ ޢިލްމުވެރިއަކަށްވެ ދީނަށް ޚިދުމަތްކުރި މީހެއްގެ ވާހަކަ!

އަބޫބަކުރުއްސިއްދީޤް ނަމަކަށް ކިޔާ މީހަކު 1884 ވަނަ އަހަރު ލިޔުނު ލިޔުމެއްގައިވެއެވެ.

"އަހަރެން ކޮންގޯއަށް ދިއުމުން ޖަލަށްލިއެވެ. ޖަލުގައި ބުރަ މަސައްކަތް ކުރުވިއެވެ. އަދި އަހަރެން ކްރިސްޓިއަނުންނަށް ވިއްކައިލިއެވެ. އަހަރެން އެމީހުންގެ ކިބައިން ސަލާމަތްވެ ޖަމައިކާއަށް ދަތުރުކުރީމެވެ. ދަތުރުގައި 3 މަސް ދުވަހު ކަނޑުމަތީގައި އުޅެން ޖެހުނެވެ. އެ ބިރުވެރި ދަތުރުގައި އަހަރެންގެ ފުރާނަ ސަލާމްވީ އަދި ސަލާމަތުން ޖެމެއިކާއަށް އާދެވުނީ ﷲ ތަޢާލާގެ ރަޙްމަތްފުޅުންނެވެ.

އަހަރެންގެ މައިންބަފައިންނަކީ ތަޤްވާވެރި ބައެކެވެ. 5 ނަމާދު ފުރިހަމައަށް ކުރެވެއެވެ. ރަމަޟާން މަހު ރޯދަ ހިފައެވެ. ޒަކާތްދެއެވެ. ޙަރާމް އެއްވެސް ބުއިމެއް ބޭނުމެއް ނުކުރެއެވެ. ކައި އުޅުނީ ހަމައެކަނި އެމީހުންގެ އަމިއްލަ އަތުން ޤުރްބާން ކުރާ ތަކެއްޗެވެ."

މައިންބަފައިންގެ ކިބައިން މިފަދަ ނަމޫނާ ދަރިންނަށް ފެންނަ ނަމަ ދަރިންނަށް އެކަމުގެ ފައިދާކުރާނެއެވެ. އެގޮތަށް އަމަލުކުރަން އާދަވާނެއެވެ. އިސްލާމް ދީނަށް އަމަލުކުރާނެއެވެ. ކިތަންމެ ދަތި ޙާލެއްގައި އުޅެން ޖެހުނު ނަމަވެސް އިސްލާމް ދީނުގައި ސާބިތުވާނެއެވެ.

އަބޫބަކުރުއްސިއްދީޤް ވެގެން ދިއައީ މިކަމުގައި ނަމޫނާ ދަރިއަކަށެވެ. މައިންބަފައިންނާއި ވަކިން މާދުރު ޤައުމެއްގައި، އެހެން ދީންތަކަށް އުޅޭ މީހުންގެ ބޮޑު މެޖޯރިޓީ އޮތް ޤައުމެއްގައި ދިރިއުޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުންވެސް އިސްލާމް ދީނުގައި ސާބިތުވެވަޑައިގެންނެވި ބޭކަލަކަށެވެ. އިސްލާމް ދީނަށް ޚީދުމަތްކުރެއްވި ދީނީ ޢިލްމްވެރިއަކަށެވެ.

އަބޫބަކުރުއްސިއްދީޤް އޭނާގެ ފުރާނަ އަތްމައްޗަށް ލައްވައިގެން އެ ނުރައްކާތެރި ދަތުރަށް ކުރިމަތިލެއްވީ އިސްލާމެއްގެ ގޮތުގައި ދުނިޔޭގައި އުޅުއްވަން ބޭނުންފުޅުވާތީއެވެ. ބައިންބަފައިންގެ ކިބައިން ލިބިބަޑައިގެންފައިވާ ތަރުބިއްޔަތުގެ ހަރުދަނާކަމުންނެވެ. ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯތްބާއި ބިރުވެރިކަން ބޮޑުކަމުންނެވެ.

ކިތަންމެ ރަނގަޅަށް ދަރިން ތަރުބިއްޔަތުކުރި ނަމަވެސް ދަރިއަކު މަގުފުރެދިދާނެއެވެ. ނަމަވެސް އެގޮތް މެދުވެރިވާނީ މަދު ދަރިންނަށެވެ. އަދި ބޮޑުވުމަށްފަހު ދަރިއަކު އޭނާ ބޭނުންގޮތެއް އިޚްތިޔާރުކުރި ނަމަވެސް މައިންބަފައިންނަށް ކުރެވޭނެ ކަމެއް ނުއޮވެދާނެއެވެ. ނަމަވެސް ނަޞޭޙަތްތެރިވުން ހުއްޓާލައިގެން ނުވާނެއެވެ. އޭނާއަށް ތެދުމަގު ދެއްކެވުން އެދި ދުޢާކުރުން ވެސް ހުއްޓާލައިގެން ނުވާނެއެވެ. ދަރިއަކު އިސްލާމް ދީން ދޫކޮށްލައިފިނަމަ އެ ދަރިއަކަށް މައިންބަފައިންގެ މުދަލުން ވާރުތައެއްވެސް ނުވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން