ޤްރްއާން ކިޔަވަން އިނދެގެންވެސް ސުވަރުގެ އެދިގެންނާ ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޤްރްއާން ކިޔަވަން އިނދެގެންވެސް ސުވަރުގެ އެދިގެންނާ ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަންވާނެ!

ދުޢާކުރަންވެއްޖެ ނަމަ އަހަރެމެންނަށް މިއޮންނަނީ ވަރަށް ބޮޑު ކަމަކަށްވެފައެވެ. ދުޢާ ކުރުމަށް ދޭންޖެހޭ ސަމާލުކަން ދެވެނީ ވަރަށް މަދު މީހަކަށެވެ. އެހެން ނަމަވެސް ރަސޫލް (ޞޢވ) އެންމެ ބޮޑު ސަމާލުކަމެއް ދެއްވެވީ ދުޢާ ކުރެއްވެވުމަށެވެ. 

ހުދައިފާ (ރޢ) ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނު ރަސޫލް (ޞޢވ)ގެ ފަހަތްޕުޅުގައި ދަމުނަމާދެއް ކުރެއްވެވީމެވެ. ފުރަތަމަ ސޫރަތުގައި ބަޤަރާ ސޫރަތާއި އާލްޢިމްރާން ސޫރަތާއި ނިސާ ސޫރަތް ވިދާޅުވިއެވެ. މިއިން ކޮންމެ ސޫރަތެއްގައިވެސް ސުވަރުގޭގެ ވާހަކަ އަތުވެއްޖެނަމަ އާޔަތް ވިދާޅުވުމަށްފަހު ސުވަރުގެ ވައްދަވައިދެއްވެވުން އެދި ދުޢާ ކުރެއްވެވިއެވެ. އަދި ނަރަކައިގެ ވާހަކަ ބަޔާންވެގެންވާ ކޮންމެ އާޔަތެއް ނިމިވަޑައިގަތުމުން ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެން ދުޢާ ކުރެއްވެވިއެވެ. 

މީސްތަކުންނޭވެ! ހުދައިފާގެ ބަސްފުޅުން އެނގިގެންދަނީ ކީރިތި ޤްރުއާން ކިޔަވަމުންދާއިރުވެސް ދުޢާ ކުރުމުގެ މުހިންމުކަމެވެ. އެކަން ކުރެވޭނީ ކިޔެވޭ އެއްޗެއް އެނގިގެންނެވެ. ކިޔަވާ އެއްޗެއްގެ މާނަ އަހަރެމެންނަށް އެނގޭނީ މާނަކިޔައި ވިސްނުމުންނެވެ. ވީމާ ކީރިތި ޤްރުއާން ކިޔަވަންވީ މިހުރިހާ ފައިދާތޔައްވެސް ޙާޞިލުކުރެވޭނެ ގޮތަށެވެ. 

ކީރިތި ޤްރުއާން ކިޔެވުމުގައި ބަލަންވީ ގިނަ ޚަޠިމް ކުރުމަކަށް ނޫނެވެ. ގިނަ ޚަޠިމްކުރުމަކީ ކިތަންމެހައިވެސް ރަނގަޅު ކަމެކެވެ. ނަމަވެސް މަސައްކަތްކުރަންވީ އެކަމުގެ ފައިދާ އެންމެ ބޮޑަށް ޙާޞިލުކުރެވޭނެ ގޮތަށް ކިޔަވައި ޚަޠިމް ކުރުމަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން