ތިބާއަކީ އަލިކަން ލިބުމުން ވެސް ދެލޯ އަނދިރިވާ، ތަންތަން ނުފެންނަ ކަނު މީހަކަށް ވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ތިބާއަކީ އަލިކަން ލިބުމުން ވެސް ދެލޯ އަނދިރިވާ، ތަންތަން ނުފެންނަ ކަނު މީހަކަށް ވަނީ ކީއްވެ؟

އިބްން މަސްއޫދު ވިދާޅުވެފައިވެއެވެ. "ތިމަން ބޭކަލުން ކީރިތި ޤްރުއާން ދަސްކުރައްވަވަނީ 10 އާޔަތުންނެވެ. 10 އާޔަތް ފުރިހަމައަށް ދަސްފުޅު ކުރެއްވެވުމުން މެނުވީ އިތުރު އާޔަތެއް ދަސްފުޅު ކުރައްވަވަން މަސައްކަތްޕުޅެއް ނުކުރައްވަވަމުއެވެ." 

މީގެމާނައަކީ ހަމައެކަނި ކިޔަވައި ވިދާޅުވަން ދަސްކުރެއްވެވުމެއް ނޫނެވެ. މާނަވެސް ދަސްފުޅު ކުރެއްވެވުމެވެ. ހިތްޕުޅުގައި ހަރުލާވަރަށް ދަސްފުޅު ކުރެއްވެވުމެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުން ވަރަށް ގިނައިން ކީރިތި ޤްރުއާން ވަރަށް ގިނައިން ކިޔަވައެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުއެނގެއެވެ. އެއީ ޞަޙާބީން ޢަމަލުފުޅު ކުރެއްވެވި ގޮތަށް ޢަމަލުނުކުރެވޭތީއެވެ. ހަމައެކަނި މަތިމަތިން ކިޔަވައިލެވޭތީއެވެ. 

މިފަދަ މީހުންނާއިމެދު ބުނެވެނީ އެމީހުންނަކީ އަލިކަން ލިބުމުން ދެލޯ އަނދިރިވާ، ތަންތަން ނުފެންނަ ކަނު ބައެއް ކަމަށެވެ. އެހެނީ އެމީހުންނަށް ކީރިތި ޤްރްއާން ފެނެއެވެ. ކިޔަވައެވެ. ނަމަވެސް ކިޔެވޭ އެއްޗެއް ނުއެނގެއެވެ. ތެދުމަގެއް ނުފެނެއެވެ. ހިދާޔަތެއް ނުލިބެއެވެ. އެފަދަ މީހުންގެ މިސާލަކީ ލޮލުގައި ފެނުން ހުރެމެ ކިތަންމެ ގަދަ އަލީގައި ހުރި ނަމަވެސް ތަންތަން ނުފެންނަ ކަނު މީހެއްގެ މިސާލެވެ. 

މީސްތަކުންނޭވެ! އިމާންކަމަކީ ކުއްލިއަކަށް ލިބޭ ކަމެއް ނޫނެވެ! އީމާންކަން އެއީ މިހެއްގެ ހިތުގައި ދިރި އުފެދެމުން އަންނަ އެއްޗެކެވެ. ވީމާ ހިތުގައި އީމާންކަން އުފައްދައި އިތުރުކުރަން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. އެކަން ޙާޞިލުވާނީ ކީރިތި ޤްރުއާނާއިމެދު ގާތްކަން ބެހެއްޓިވަރަކުންނެވެ. ސަމާލުކަން ދިންވަރަކުންނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން