އުމުރު ހުސްވެގެންދާއިރު ﷲ އަށް ބިރުން އެންމެ ކަރުނަ ތިއްކެއްވެސް އޮހޮރައި ނުލެވުމަކީ ހިތާމަހުރިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އުމުރު ހުސްވެގެންދާއިރު ﷲ އަށް ބިރުން އެންމެ ކަރުނަ ތިއްކެއްވެސް އޮހޮރައި ނުލެވުމަކީ ހިތާމަހުރިކަމެއް!

ޢަބްދުﷲ ބިން ޝަޤީޤް (ރޢ) ވިދާޅުވެފައިވެއެވެ. "ރަސޫލް (ޞޢވ) ނަމާދުފުޅަށް ހުންނެވިއިރު، އިސްތަށިފުޅަށް ފެންބާލިދީއެއް އޮއްސައިލުމުން ތުނބުޅިފުޅުން ފެންފޮދު އޮހޮރޭނެފަދައިން ފެންފޮދު ފައިބަނިކޮށް ދެކެވަޑައިގަތީމެވެ. 

މިހައިވަރަށް ރަސޫލް (ޞޢވ) ކީރިތި ކުރެއްވެވީ ކޮން ކަމަކާއި ގުޅިގެން ހެއްޔެވެ؟ ޢަބްދުﷲ ބިން ޝަޤީޤް (ރޢ) ވިދާޅުވެފައިވަނީ "ﷲ ތަޢާލާއަށް ބިރުފުޅުން ކިރިތި ކުރެއްވެވުމުގެ ސަބަބުން ލޯފުޅުން ފައިބަމުންދިއަ ކަރުނަފޮދު ގިނަކަމުން" ކަމަށެވެ. 

ރަސޫލް (ޞޢވ)އަކީ އެއްވެސް ފާފައެއް ކުރެއްވެވި ބޭކަލެއް ނޫނެވެ. އަދި ކުރެވޭނެ ފާފަތަކަށް ވެސް ﷲ ތަޢާލާ ވަނީ ޢަފޫކުރައްވަވައިފައެވެ. ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ލިބިވަޑައިގެންފައެވެ. އެހެންކަމާއިއެކުވެސް ﷲ ތައާލާއަށް ބިރުފުޅު ގަންނަވާ މިންވަރު މިއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ! 

މީސްތަކުންނޭވެ! އެތައް އަހަރެއް ވަންދެން ދުނިޔޭގައި އުޅެފައިދާއިރު ﷲ ތައާލާއަށް ބިރުން ލޮލުން ލޮލުން އެންމެ ކަރުނަ ތިއްކެއްނަމަވެސް ވައްތައި ނުލެވޭނަމަ އެއީ ޤިޔާމަތް ދުވަހު ހިތާމަކުރަންޖެހޭނެ ކަމެކެވެ. އެހެނީ ﷲ ތަޢާލާއަށް ބިރުން އެންމެ ކަރުނަތިއްކެއްވެސް އަޅައިފިނަމަ އެމީހަކަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބޭނެތީއެވެ. 

މީސްތަކުންނޭވެ! އެކަން ޙާޞިލްކުރެވޭނީ ހިތުގައި އީމާންކަން ވަރުގަދަކޮށްގެންނެވެ. ތަޤްވާވެރިކަން އިތުރުކޮށްގެންނެވެ. އެހެނީ ﷲ ތަޢާލާއަށް ބިރުވެތިވެވޭނީ އީމާންކަން ވަރުގަދަކޮށް ތަޤްވާވެރިކަން އިތުރުކުރިވަރަކުން ކަމުގައިވާތީއެވެ! 

- އިސްލާމީ ތިލަވަތުގެ ދަރުސަކުން

މިއަދު އޮންލައިން