7 ދުވަސްވުމުން ކުއްޖާގެ ބޮލުން ބާލާ އިސްތަށީގެ އަގު ރިހިން ބަލާނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
7 ދުވަސްވުމުން ކުއްޖާގެ ބޮލުން ބާލާ އިސްތަށީގެ އަގު ރިހިން ބަލާނެ ގޮތް!

ދަރިފުޅަށް 7 ދުވަސްވުމުން ބާލާ އިސްތަށިކޮޅުގެ އަގު ރިހިން ބެލުމަށްޓަކައި ކުރަން ޖެހޭނެ ފުރަތަމަ ކަމަކީ އިސްތަށިކޮޅު ކިރައިލުމެވެ. އެއަށްފަހު އެދުވަހު ބާޒާރުގައި ރިހީގެ އަގު ހުރި ވަރު ބަލައި އެއަދަދަށް ރުފިޔާ ބަހާނީއެވެ.

މިސާލަކަށް އިސްތަށިކޮޅުގެ ބަރުދަނުގައި ހުރީ 5 ގްރާމް ކަމަށްވާނަމަ 5 ގްރާމް ރިހީގެ އަގަށްވާ ރުފިޔާ ބަހާނީއެވެ.

މިސާލަކަށް މިއަދު ރިހީގެ އަގު ބައިނަލްއަޤްވާމީ ބާޒާރުގައި ހުރީ ގްރާމެއް 52 ސެންޓަށެވެ. 5 ގްރާމްގެ އަގަކަށްވާނީ އެހެންކަމަސްވާނަމަ 5 ގްރާމްގެ އަގަކީ 2 ޑޮލަރު 60 ސެންޓެވެ. އެއީ ދިވެހި ރުފިޔާއިންނަމަ 40 ރުފިޔާ 9 ލާރިއެވެ.

ބޭލި އިސްތަށިން އެތިކޮޅެއް ގެއްލިފައި ވެދާނެ ކަމަށް ޝައްކު ކުރެވޭނަމަ ކޮންމެވެސް މިންވަރެއް އިތުރުކޮށްލުމުން އެކަންވެސް ފުދޭނެއެވެ.

މިއަދު އޮންލައިން