ބީއެލްއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ކޮމިޓީއަށް ދޮގު މައުލޫމާތު ހިއްސާކުރި މައްސަލައެއް ފުލުހަށް ހުށަހަޅައިފި!

ކިޔުމަށް ހޭދަވާނީ 59ސ
ބީއެލްއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ކޮމިޓީއަށް ދޮގު މައުލޫމާތު ހިއްސާކުރި މައްސަލައެއް ފުލުހަށް ހުށަހަޅައިފި!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފު، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ދޮގު މައުލޫމާތު ހިއްސާކުރި ކަމަށް ބުނެ، އެމައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

 

މަޖިލިހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، ޝަރީފު އެކޮމިޓީއަށް ދޮގު މައުލޫމާތު ދެއްވި މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ނިއުޝާ ނުދެއްވައެވެ. އަދި މާލިއްޔަތު ކޮމިޓީގައި ޝަރީފު ހެއްދެވީ ކޮން ދޮގެއްކަމެއް ވެސް ވިދާޅެއްނުވެއެވެ.

 

ބީއެމްއެލްގެ އިސްވެރިން ކޮމިޓީއަށް ހާޒިރު ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އެބޭފުޅުން ހާޒިރުކުރެއްވީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތާއި ގުޅިގެން ޖަވާބުދާރީ ކުރުވުމަށެވެ.

 

އެމްއެމްޕީއާތްސީ ޚިޔާނާތުގައި ބީއެމްއެލްގެ އެއްވެއް ބައިވެރިވުމެއް ނެތް ކަމަށް ތަކުރާރުކޮށް ޝަރީފުވަނީ އެދުވަހު ވިދާޅުވެފައެވެ. އަދި ބޭންކުން އަމަލުކުރީ ޤާނޫނާއި ޤަވާއިދުތަކާއި، ބީއެމްއެލް އިން އަމަލުކުރަން ހުންނަ ޕްރޮސިޖަރ ތަކާއިވެސް އެއްގޮތަށް ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

މިއަދު އޮންލައިން