"ނިދީގަ ބިރުވެރި އެއްޗެއް އައިސް ގައިގަ ހިފަނީއެވެ. ކޮންމެ ރެއަކުވެސް ނިދިން ހޭލެވެނީ އެ އެއެތި ފެނިގެންނެވެ. އެ ޙާލަތުގައި ކަންތައް ކުރާނީ ކިހިނަކުންތޯއެވެ؟"
މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "ވައަތް ފަރާތަށް ހިކިކުޅު ޖަހާފައި 3 ފަހަރު ޖަހާފައި أعوذ بالله من الشيطان الرجيم ކިޔާށެވެ! ދެން ކުރިން ނިދަން އޮތް ފަޅި ނޫން އަނެއް ފަޅިއަށް އެނބުރި ނިދާނީއެވެ."
ނިދީގައި ބިރުވެރި ހުވަފެން ފެނިގެން ހޭލެވޭނަމަ ކުރުސި ކިޔުމަށްވެސް ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ.
(ކުރުސި ކިޔަވައިގެން ނިދައިފި މީހާ ހޭލަންދެން އެމީހާގެ ޙިމާޔަތުގައި މަލާއިކަތު ބަހައްޓަވައި ދެއްވަވާނެ ކަމަށް ޙަދީޘްފުޅުގައި އޮވެއެވެ. އެހެންކަމުން ކުރުސި ކިޔަވައިގެން ނިދުމަކީ ވެސް މިބާވަތުގެ ކަންކަމުން ސަލާމަތްވުމަށް އޮތް މަގެއް ކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރައްވައެވެ.)