އަލް ނޫރް ހިކިކިރު ޕެކެޓެއް ގަންނަ ކޮންމެ މީހަކަށް ކޮލިޓީ ބިއްލޫރިތަށްޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
އަލް ނޫރް ހިކިކިރު ޕެކެޓެއް ގަންނަ ކޮންމެ މީހަކަށް  ކޮލިޓީ ބިއްލޫރިތަށްޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި!

އަލް ނޫރް ހިކިކިރު ޕެކެޓެއް ބައްލަވައިގަނެގެން ހަމަ ކޮންމެ ބޭފުޅަކަށްވެސް އިނާމެއް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ ސުޕަރމާޓުން ފަށައިފިއެވެ. 

އެސްޓީއޯ އިން ބުނީ މި ޕްރަމޯޝަނުގައި ގަންނަ ކޮންމެ އަލްނޫރު ހިކިކިރު ޕެކެޓަކާއިއެކު އަލްނޫރު ލޯގޯޖެހި ހާއްސަ ކޮލިޓީ ރަނގަޅު ބިއްލޫރިތަށްޓެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. އަދި މިޕްރޮމޯޝަނަކީ ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނޭފަދަ ޕްރޮމޯޝަނެއް ކަމަށެވެ. 

އަލް ނޫރަކީ އޮމާންގެ ހިކިކިރު ޕެކްކުރާ އެންމެ ބޮޑު ކުންފުނި ކަމުގައިވާ "އޮމާން ފުޑްސުޓަފް" ގެ މޮޅު އުފެއްދުމެކެވެ. މިކުންފުންޏަކީ މެދު އިރުމަތީގައި ހިކިކިރު ބަންދުކުރުމުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެކެވެ. އަލް ނޫރު ހިކިކިރުގެ 800 ގުރާމް، 1800 ގުރާމް އަދި 2250 ގުރާމް ގެ ޕެކެޓުން، ބައްލަވައިގަންނަވާ އަލްނޫރު ހިކިކިރު ކޮންމެ ސައިޒެއްގެ ޕެކެޓަކާއި އެކު ރީތީ ބިއްލޫރިތަށްޓެއް ކަސްޓަމަރުންނަށް މިޕްރޮމޯޝަނުން ލިބޭނެއެވެ. މިގޮތުން އަގުތަކަށް ބަލާއިރު 800 ގުރާމް 95ރ އަށް އަދި 1800 ގުރާމް 210ރ އަށް އަދި 2250 ގުރާމްގެ ޕެކެޓެއް 245ރ އަށް ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާރޓް ފިހާރައިން ލިބިވަޑައިގަންނަވާނެއެވެ. އަދި ކޭހުން ބައްލަވައިގަންނަވާނަމަ، އަލްނޫރު 800 ގުރާމް (12 ޕެކެޓު) 1035ރ އަށް، 1800 ގުރާމް (6 ޕެކެޓު) 1165ރ އަށް އަދި 2250 ގުރާމް (6 ޕެކެޓު) 1385ރ އަށް އެސްޓީއޯ ސުޕަރމާޓް އަދި ސުޕަރމާޓް ހޯލްސޭލް ސެންޓަރުން ލިބިވަޑައިގަންނަވާނެއެވެ. 

ޕްރޮމޯޝަނުން ލިބެމުންދާ ރީތި ބިއްލޫރިތައްޓަށް ގިނަބައެއްގެ އަދި ހާއްސަކޮށް އަންހެން ބޭފުޅުންގެ ތަރުހީބު ލިބެމުންދާކަމުގައި އެސްޓީއޯ ސުޕަރމާޓުން ބުނެއެވެ. 

އަލްނޫރު ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް އެސްޓީއޯ ސުޕަރމާޓުން ލިބެން ހުރިއިރު އަންނަމަހުން ފެށިގެން އެސްޓީއޯ ރީޖަނަލް ފިހާރަތަކުންވެސް ލިބެން ފަށާނެއެވެ.

~ ~ ~

މިއަދު އޮންލައިން