ކޮންމެ މަހަކު ނަރަކައާއި 770 އަހަރު، އަހަރަކު 9240 އަހަރު ނަރަކަ އާއި ދުރަށް ދާން ބޭނުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކޮންމެ މަހަކު ނަރަކައާއި 770 އަހަރު، އަހަރަކު 9240 އަހަރު ނަރަކަ އާއި ދުރަށް ދާން ބޭނުން ހެއްޔެވެ؟

ސުންނަތް ރޯދަ ހިފުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މުހިންމު އެއް އަޅުކަމެވެ. ނަމަވެސް ގިނަ ބައަކު މިއަދު ވަނީ އެކަން ހަނދާނެ ނެތިފައެވެ. 

އެންމެ ފުރަތަމަ ކަމަކީ ސުންނަތް ރޯދަ ހިފުން ގިނަ ކުރުމެވެ. ނަމަވެސް ގިނަކުރަންވާނީ ދާވޫދުގެފާނު ރޯދަ ހިއްޕެވި މިންވަރަށެވެ. އެއީ ދެދުވަހުން އެއް ދުވަހު ރޯދަ ހިފުމެވެ. ސުންނަތް ރޯދަ ހިފުމަށް އެންމެ އިތުރުކަން ބޮޑު ގޮތަކީ އެއީއެވެ. އެވަރަށް ނުހިފޭނަމަ ހިފޭވަރަކުން ހިފައި އިތުރުކުރާށެވެ. ހަފްތާގެ ދުވަސްތަކުން ހޯމް ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފާށެވެ. އަދި މަހުގެ 13،14،15 ތިން ދުވަހު ރޯދަ ހިފާށެވެ. އެއިރުން މަހަކު 11 ދުވަހު ރޯދަ ހިފޭނެއެވެ. އެއީ ވެސް ވަރަށް ރަނގަޅު އަދަދެކެވެ. ދާވޫދުގެފާނު ހިއްޕެވި ގޮތަށްވުރެ މަދުވާނީ 4 ރޯދައެވެ. 

ކޮންމެ ރޯދައެއް އެމީހަކު ނަރަކަ އާއި އަހަރުގެ ރާސްތާއަށް ދުރުކޮށްދޭނެއެވެ. ވީމާ މަހަކު މިބުނި ފަދައިން މަހަކު 11 ރޯދަ ހިފާ މީހާއަށް އެދެވެނީ ކޮންމެ މަހަކު ނަރަކައާއި 770 އަހަރު ދުރަށެވެ! އަހަރަކު 9240 އަހަރު ދުރަށެވެ. 

ސުންނަތް ރޯދަ ހިފުމަކީ އެއްވެސް ވަރަށް ބޮޑަށް އިސްކަން ދީގެން ކުރަން ޖެހޭނެ ކަމެކެވެ. އަދި އެއީ އުފަލެއް ކަމަށް ހަދައިފި މީހާ ވެގެންދާނީ ބާއްޖަވެރިއަކަށެވެ. ނަރަކަ އާއި ކައިރިވުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ. ބޭނުންވާނީ ވީހައި ދުރަށް ދާށެވެ! ވީމާ ސުންނަތް ރޯދަ ހިފުން ހުއްދަ ކޮންމެ ދުވަހަކުވެސް ރޯދައެއް ހިފައިލަންވީއެވެ. ނަރަކަ އާއި 70 އަހަރު ދުރަށް ދެވޭނެއެވެ.

- ޝައިޚް ސަލީމް އަލް އަމްރީގެ ދަރުސަކުން 

މިއަދު އޮންލައިން