ބީއެމްއެލްއަށް މިއަހަރުގެ މިހާތަނަށް ސާފު ފައިދާގެ ގޮތުގައި ފައްސަތޭކަ އަސާވިސް މިލިއަން ރުފިޔާ ލިބިއްޖެ

ކިޔުމަށް ހޭދަވާނީ 1މ 4ސ
ބީއެމްއެލްއަށް މިއަހަރުގެ މިހާތަނަށް ސާފު ފައިދާގެ ގޮތުގައި ފައްސަތޭކަ އަސާވިސް މިލިއަން ރުފިޔާ ލިބިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މިއަހަރުގެ މިހާތަނަށް ސާފު ފައިދާގެ ގޮތުގައި 528 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމުގެ ކުރިން 724 މިލިއަން ރުފިޔާގެ ފައިދާ ވެފައިވާ ކަމަށެވެ. އަދި އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 5 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 499 މިލިއަން ރުފިޔާ ކަމަށާއި ހިންގުމުގެ ޚަރަދު މި އަހަރު ބޮޑުވެފައިވީނަމަވެސް ވިޔަފާރީގެ ދާއިރާތަކުންނާއި ބޭންކުން ދޫކުރާ ލޯނުތަކުން ކުރިއެރުން ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން އެ ބޭންކުން ބުނީ ރައުސްމާލުގެ ފުދުންތެރިކަން ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައި ހުރި ކަމަށެވެ.

މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ތަފާތު އެކި ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވާ އިރު، އޭގެތެރޭގައި ތަޢުލީމާއި ކުޅިވަރާއި ތިމާވެށީގެ ދާއިރާއާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއެކު 50 ޕްރޮޖެކްޓެއް ހިންގާފައިވެއެވެ.

ހަމަމިއާއެކު މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމެއްވެސް ބީއެމްއެލުން ކުރިއަށް ގެންގޮސްފައިވެއެވެ.

މިއަދު އޮންލައިން