ﷲ އަށް ބިރުވެތިވާ ހާލު ވިސްނައިލާށެވެ! އިޓަލީގެ ވެނިސް އެކުގައި ޣަރަޤްނުވެ އެގޮތަށް އެ އޮންނަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ﷲ އަށް ބިރުވެތިވާ ހާލު ވިސްނައިލާށެވެ! އިޓަލީގެ ވެނިސް އެކުގައި ޣަރަޤްނުވެ އެގޮތަށް އެ އޮންނަނީ ކީއްވެ؟

އެންމެ ގިނައިން މިހާރު މީހުން ދައްކާ އެއް ވާހަކައަކީ ނޭވާލުމަށް ބޭނުންވާ އޮކްސިޖަން ޖައްވުން ހުސްވަމުން އަންނަ ވާހަކައެވެ. ނަމަވެސް އޮކްސިޖަން ހުްވަމުން މިދަނީ ކީއްވެގެން ކަމާއިމެދު ވިސްނައެއް ނުލައެވެ. 

ދެން މިދައްކަނީ ޖައްވު ހޫނުވާ ވާހަކައާއި ކަނޑުގެ ލޮނުގަނޑު އުފުލެމުން އަންނަ ވާހަކަ އާއި ރަށްތައް ޣަރަޤްވަމުން އަންނަ ވާހަކައެވެ. ނަމަވެސް އެކަންކަން ވުމަށް މެދުވެރިވާ ޙަޤީޤީ ސަބަބުގެ ވާހަކަ އެއްވެސް މީހަކު ނުދައްކައެވެ. 

އިޓަލީގެ ވެނިސް އަޑިއަށް ދަނީއެވެ. އަޑިއަށްދާތާ އެތައް އަހަރެއް ވެއްޖެއެވެ. ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ އެންމެ ފަޅި ސިކުންތެއްގެ ތެރޭގައި މުޅި ރަށް ޣަރަޤުކޮށްލެއްވެވުނީހެވެ. ލޫޠު ބާގައިގެ މީހުންގެ ޤައުމު ހިނދުކޮޅެއްގެ ތެރޭގައި ބަންޑުން ޖެއްސެވި ފަދައިންނެވެ. ނަމަވެސް ވެނިސް އެގޮތަށް ފެންނަން އެ އޮންނަނީ ކީއްވެގެން ކަމާއިމެދު ވިސްނަނީ ކާކުހެއްހެވެ؟ 

ވެނިސްއަކީ އެންމެ ފައްކާކޮށް ތަރައްޤީކޮށްފައިވާ ރަށެކެވެ. އުސް އިމާރާތްތައްވެސް އެބަހުއްޓެވެ. ރީތި، ފުރިހަމަ ބިނާތަކުން ފުރިފައިވާ ރަށެކެވެ. ޒަމާނީ ހުރިހާ ތަރައްޤީއެއް ލިބިފައިވީ ރަށެކެވެ. ނަމަވެސް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ހަމަ އަޑިއަށް ދަނީ އެވެ؟ ނުހުއްޓުވެނީ ކީއްވެގެން ހެއްޔެވެ؟  

އަހަރެން ޤަބޫލުކުރާ ގޮތުގައި ވެނިސް އެގޮތަށް އެ ބާއްވަވަނީ މީސްތަކުން އެކަމާއިމެދު ވިސްނައި ފިކުރުކުރުމަށެވެ. ﷲ ތައާލާ އަށް ބިރުވެތިވެ ތައުބާވުމަށެވެ. ޢަމަލުތައް އިޞްލާޙްކޮށް ޙައްޤުގެ މަގަށް ރުޖޫޢަވާން ވިސްނުމަށެވެ. 

މީސްތަކުންނޭވެ! އަހަރެމެންގެ މުޅި އުމުރު ސދަޖިދައިގައި އޮތް ނަމަވެސް އެކަލާނގެ ދެއްވަވާފައި ނިޢްމަތްތަކުގެ ތެރެއިން އަހަރެމެން ނޭވާލުމަސް ދެއްވަވާފައިވާ އޮކްސިޖަންކޮޅު ދެއްވެވުމާއި ވެސް ހަމަ ނުކުރެވޭނެއެވެ. ދެން ހުރި ނިޢްމަތްތައް ކޮބައި ހެއްޔެވެ؟ ކަންފަތަށް އަޑު އިވުމާއި ލޮލަށް ފެނުމާއި ރިޒްޤް ދެއްވެވުމާއި މިހެން ގޮސް ލިސްޓްކުރަން ވެއްޖެ ނަމަ ކިތައް ސަތޭކަ ނިޢްމަތުގެ ވާހަކަ ދައްކަން ޖެހޭނެ ހެއްޔެވެ؟ 

މީސްތަކުންނޭވެ! ދުނިޔޭގެ ވެށްޓަށް ނުވަތަ ތިމާވެށްޓަށް އަންނަމުން މިދާ ބަދަލުތަކަށް ފުންކޮށް ވިސްނާށެވެ! އަމަލުތައް އިޞްލާޙްކުރާށެވެ! އެންމެ ކުޑަމިނުން ފަރުޟް 5 ނަމާދުގައި ކުރަން ޖެހޭ 17 ރަކްޢަތް އިޚްލާޞްތެރިކަމާއިއެކު ކުރާށެވެ! އެ 17 ރަކްޢަތުގެ 17 ސަޖިދަ ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! އެއަށްފަހު އެމީހަކަށް ކުރެވުނު ވަރަކުން ވީހައި ގިނައިން ސުންނަތް ނަމާދުތައް ކުރާށެވެ! އެހެން އަޅުކަންތައްވެސް ކުރާށެވެ! 

ވަށާފާރު ހިލައިން އުސްކުރުމަކީ އެއްވެސް ޙައްލެއް ނޫނެވެ! ޙައްލަކީ ﷲ ތަޢާލާގެ ޙަޟްރަތުން ސަލާމަތާއި ރައްކައުތެރިކަން ހޯދަން މަސައްކަތްކުރުމެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި ލިޔުމެއް:

 

 

 

 

މިއަދު އޮންލައިން