މިޔުޒިކަކީ ޙަޔާތަށް ދިރުން ގެނެސްދޭ އެއްޗެއް ކަމަށް ބައެއް މީހުން ބުނެފާނެއެވެ. ނަމަވެސް މިޔުޒިކުން ހަޔާތަށް ދިރުން ލިބޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެހެނީ މިޔުޒިކަކީ ޝައިޠާނާގެ އަޑެވެ. ހިތުގައި މިޔުޒިކަށް ޝައުޤްވެރިކަން އުފެއްދުމަކީ ކިހައިވަރެއްގެ ކަމެއްކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.
ލަވަކިޔުމަކީ އަދި އަޑުއަހަން ޝައުޤްވެރިވުމަކީ ހިތުތެރޭގައި މުނާފިޤްކަމާއި ނިފާޤް އިތުރުކޮށްދޭ ކަމެކެވެ. ކިހައިވަރަކަށް ހެއްޔެވެ؟ ފެންދިނުމުން ގަސްތައް ހެދޭ ފަދައިންނެވެ. އަދި އެވަރުން ނިމެނީއެއް ނޫނެވެ. ބައެއް ޢިލްމްވެރިނަ ބަޔާން ކުރައްވަވާ ގޮތުގައި މިޔުޒިކަށް ގެއްލި ހުސްވާ މީހުންނަށް މަރުމަތީގައި ޝަހާދަތް ކިޔަން ހުރަސް އެޅެއެވެ.
ހިތާމައަކީ މިފަދަ ނުބައި ކަމެއްގެ ތެރެއަށް ދަރިންވެސް ވައްދައި ދަރިންވެސް ހަލާކުކުރަމުން ގެންދާ މީހެކެވެ.
މިދުނިޔޭގައި މިކުޅޭ ޝައިޠާނާގެ މިޔުޒިކާއި ދުރުހެލިވެއްޖެ މީހާއަށް ސުވަރުގޭގައި ޙޫރަލްޢީނުންގެ މިޔުޒިކުގެ އަޑު އިވިގެންދާނެއެވެ.
- ޝައިޚް އަހްމަދު ސުލައިމާން ޚަތާނީގެ ދަރުސަކުން