ދިރާގުގެ ބިޒްނަސް ސަޕޯރޓް ސިސްޓަމް އަޕްގްރޭޑް ކުރަން ކުރާ މަސައްކަތުގު ބޮޑުބައެއް މިހާރު ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގުން ބުނީ އަޕްގްރޭޑްކުރަމުން ގެންދިއަ 5 ސަޕޯޓް ޚިދުމަތް ކުރިއެކޭ އެއްގޮތަށް މިހާރު ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެ ކަމަށެވެ. އެގޮތުން:
o ރީލޯޑް އަދި ރީޗަރޖްއާ ގުޅޭ ޚިދުމަތްތައް
o މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން
o ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް" އަދި ދިރާގު މޮބައިލް އެޕް
o މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗަރ)
o ދިރާގު ކަސްޓަމަރ ސާރވިސް ސެންޓަރ ތައް އަދި ދިރާގު ޕާރޓްނަރ ޝޮޕްތަކުން އައު މޮބައިލް ޚިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުން
· މި 5 ޚިދުމަތް މިހާރު އަޕްގްރޭޑްކޮށް ނިމިފައިވާ ކަމަށެވެ.
ދިރާގުން ބުނީ މި އަޕްގްރޭޑް މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ އަދި ތަފާތު މަރުހަލާތަކަށް ބެހިގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް މަސްތަކުގައިވެސް މި އަޕްގްރޭޑްގެ ތަފާތު މަރުހަލާތަކުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވވާ ކަމަށާއި އެންމެ އިސް ކަމެއް ދެނީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ވީހާވެސް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތްތައް ރާވާ ކުރިއަށް ގެންދިއުމަށް ކަމަށެވެ.
"މި އަޕްގްރޭޑްގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުން ބޭނުންކުރާ ޚިދުމަތްތަކުގެ ތަޖްރިބާ ރަނގަޅުކުރުމެވެ. މި މަސައްކަތާ ގުޅިގެން ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށާއި ކެތްތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ."