ޤްރްއާން ކިޔެވުމުން ހިތަށް ކުރާ އަސަރު މިވީޑިއޯ އިން އަޑުއަހައި ތިމާއަށް އަސަރުކުރާ މިންވަރު ވަޒަންކޮށްލާނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޤްރްއާން ކިޔެވުމުން ހިތަށް ކުރާ އަސަރު މިވީޑިއޯ އިން އަޑުއަހައި ތިމާއަށް އަސަރުކުރާ މިންވަރު ވަޒަންކޮށްލާނެ ގޮތް!

އަހަރެމެން އެންމެންވެސް ކީރިތި ޤްރްއާން ކިޔަވަމުއެވެ. ނަމަވެސް ހިތަށް ކުރަނީ ކޮން އަސަރެއްހެއްޔެވެ؟ ވާހަކަފޮތެއް ކިޔައިލާ އުޞޫލުން ކިޔައިލަނީ ނޫން ހެއްޔެވެ؟ އެއްވެސް އަސަރެއް ނުކުރަނީ އެހެންވެގެންނެވެ. 

ކުޑައިރުކޮޅަކަށް ނަމަވެސް މި ވީޑިއޯ އަޑުއަހައިލާށެވެ. ފުރިހަމަ ވިސްނުމަކުން ވިސްނުންތެރިކަމާއިއެކުގައެވެ. އޭނާ ކިޔަވަމުން އެގެންދަނީ ސަޖިދަ ސޫރަތުގެ 16 ވަނަ އާޔަތުން ފެށިގެންނެވެ. އަޑުއަހަމުންދާއިރު ކީރިތި ޤްރުއާނުގެ ތަރުޖަމާއިން އެއާޔަތްތަކުގެ މާނަ ކިޔާށެވެ. ހިތަށް އެއަސަރު ކުރޭތޯ ނިކަން ބަލައިލަބަލާށެވެ! 

ހަމަ އެކަނި 16 ވަނަ އާޔަތާއިމެދު ވިސްނައިލާށެވެ! އީމާންވީ މީހުންނަކީ ކޮބައިކަން އެނގިގެންދާނެއެވެ! އީމާންވީ މީހުން އަމަލުކުރާ ފަދައިން ތިމާއަށް އަމަލުކުރެވޭތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ! 

"އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ޙާލް، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ." 

ޢުމުރު މިހިސާބަށް އައިއިއިރު ކިތަށް ރޭ ދަމު ނަމާދަށް ހޭލައިފިން ހެއްޔެވެ؟ ކިތައް ރޭ ﷲ ތަޢާލާއަށް ދުޢާކުރަން ހޭލައި އިނދެފިން ހެއްޔެވެ؟ ތިބާއަކީ ދުނިޔެ މަތީގައި ހުރިހާ ނިޢްމަތްތަކެއް ފުރިހަމަވެގެން ހުރި މީހަކަށްވެދާނެއެވެ. ނަމަވެސް ޔަޤީން ނުކުރެވޭނެ އެއްކަންތައް އެބައޮތެވެ؟ އެއީ އެންމެ ބޮޑު ކަންތަކެވެ. އެއީ ތިބާގެ ފާފަތައް ފުއްސަވައި ދެއްވަވާފައިވާ ކަމެވެ. އެއީ ޤިޔާމަތް ދުވަހު ނޫނީ އެނގޭނެ ކަމެއް ނޫނެވެ. ވީއިރު ފާފަ ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަން ކޮންމެ މީހަކަށްވެސް އެބަޖެހެއެވެ. 

ކީރިތި ޤްރުއާނުގައި މިފަދަ ކަންކަން އެނގޭނީ ތަރުޖަމާ ކިޔައިގެންނެވެ. ހިތަށް އަސަރުކުރާނީ މިކިޔާ އެއްޗެއް އެނގިގެންނެވެ. 

ޤްރުއާން އަޑުއެހުމަށް:

 

 

މިއަދު އޮންލައިން