އިންސާނުންގެ ހިތަކީ ފުރޭނެ އެއްޗެއް ނޫނެވެ. ޙަދިޘް ފުޅުގައި އޮތީ ރަނުން ފުރިފައިވާ ވާދީއެއް ދެއްވަވައިފިނަމަ ދެވަނަ ވާދީއަކަށް އެދޭނެ ކަމަށެވެ. މިއަދު ފެންނަމުން މިދަނީ އެކަމުގެ ހެކިތަކެވެ.
Narrated Anas bin Malik:
Allah's Messenger (ﷺ) said, "If Adam's son had a valley full of gold, he would like to have two valleys, for nothing fills his mouth except dust. And Allah forgives him who repents to Him."
ފިހާރައެއް ހުޅުވިއްޖެ ނަމަ ދެވަނަ ފިހާރަ ހުޅުވަން ބޭނުންވާ ފައިސާ ހޯދަން އުޅެން ހަދައިގެން ފުރަތަމަ ފިހާރަ ހުޅުއްވަވައި ދެއްވެވި ﷲ ތަޢާލާގެ މަތިން ހަނދާނެއް ނުހުރެއެވެ. އަމިއްލަ ޤަމުގައި ވިޔަފާރި އިންތިހާއަށް ފުޅައުވި ނަމަވެސް ހިތްހަމަޖެހުން ލިބޭ ކަމަކަށް ނުވެއެވެ. ބައިނަލްއަޤްވާމީ ވިޔަފާރިވެރިވެރިއަކަށްވުމަށް މަސައްކަތް ފަށައެވެ. އެމަސައްކަތުގައި އުޅެން ހަދައިގެން ތިމާ ބަލަހައްޓަން ޖެހޭ އަނބިދަރިންނާއި މައިން ބަފައިން ތިބިކަން ހަނދާނަކު ނުހުރެއެވެ.
އެންމެ ކުޑަމިނުން ބަންގީގެ އަޑެއްވެސް ނުއިވެއެވެ. ތިމާއަށް ތަނަވަސްކަން ދެއްވެވި ﷲ ތަޢާލާގެ މަގުގައި ހޭދަކުރަން އަނގަވާފައިވާ އަމުދުން ހަނދާނަކު ނުހުރެއެވެ.
ރަނުގެ ވާދީއެއްގައި ރަނުން ގެއެއް އަޅައިގެން ރަނުގެ ކަންވާރު ބޭނުންކޮށްގެން ރަނުން ފޭރާން ލައިގެން އުޅުމުގެ ފުރުޞަތު ދެއްވެވިނަމަވެސް ކުރިން ބުނި ފަދައިން އިންސާނާގެ ހިތެއް ނުފުރޭނެއެވެ. ފުރޭނެ ނަމަ ޤާރޫނުގެ ހިތް ފުރުނީސް ނޫން ހެއްޔެވެ؟
މީސްތަކުންނޭވެ! އެއްވެސް މީހެއްގެ ހިތެއް ނުފުރޭނެއެވެ. މައްސަލަތައް ކުރިމަތިނުވާނެ ގޮތެއްވެސް ނުވާނެއެވެ. ނަމަވެސް މިހުރިހާ ކަންކަމުގެ ޙައްލު ﷲ ތައާލާ ވަނީ ބަޔާންކުރައްވަވައިފައެވެ. އެއީ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމެވެ. އީމާންކަން ވަރުގަދަކުރުމެވެ. އެއިރުން ލިބޭ މިންވަރު މަދުވެގެން އުޅޭކަށް ނުޖެހޭނެއެވެ. މައްސަލަތައް ގިނަވެ ފުނިޖެހި އެކަންކަމުން ސަލާމަތް ނުވެގެން އުޅޭކަށްވެސް ނުޖެހޭނެއެވެ.
ރަނގަޅަށް ހަނދާންކުރާށެވެ! ހިތް ފުރޭނީ ހަމައެކަނި އެންމެ ކަމަކުންނެވެ. އެއީ ތަޤްވާވެރިކަމެވެ. ދުނިޔޭގައިވެސް ތަޤްވާވެރިން ތިބޭނީ ހިތްތައް ފުރައިގެންނެވެ. އަދި އާޚިރަތް ދުވަހުގައިވެސް އެމީހުން ވާނީ ހިތް ފުރިގެން ދާނެ ބައަކަށެވެ. ވީމާ ދެދުނިޔޭގައިވެސް ހިތް ފުރަން އޮތް ހަމައެކަނި މަގަކީ ތަްްވާވެރިކަމެވެ.
- ޝައިޚް ޢަބްދުލްމާޖިދުގެ ދަރުސަކުން