- އެމީހެއް އަޚާ ވައްޓާލަން ވަޅުގަނޑެއް ކޮނެފި މީހަކު އޭނާ ކޮނުނު ވަޅުގަނޑަށް ވެއްޓޭނެއެވެ.
- ތަޤްވާވެރިކަމުގައި ސާބިތުވާށެވެ! ތިމާއަށް ފައިދާހުރި ކަމެއްގައިވެސް އަދި ގެއްލުން ހުރިކަމެއްގައިވެސް ދޮގެއް ނުބުނާށެވެ.
- އެމީހެއްގެ އަމިއްލަ ވިސްނުމަކީ އެންމެ މޮޅު ގޮތް ކަމަށް ޤަބޫލުކުރާ މީހާއަކީ މަގުއޮޅިފައިވާ މީހެކެވެ.
- ތިމަންނާގެ ވިސްނުމުން އެކަނި ދުނިޔޭގައި އުޅެވޭނެ ކަމަށް ޤަބޫލުކުރާ މީހާ އަކީ މަގުން ކައްސާލާފައިވާ މީހެކެވެ.
- އަޚްލާޤް ނުބައި މީހުންނާއިއެކު އުޅޭނަމަ މީސްތަކުން ޤަދަރެއް ނުކުރާނެއެވެ. ޢިލްމްވެރިންނާއިއެކުގައި އުޅޭ މީހާއަށް ދާނީ މަތިވެރިކަން ލިބެމުންނެވެ.
- އެހެން މީހަކަށް ތިބާ އާއި ދުވަހަކުވެސް ވަކި ނުކުރެވޭނެ، އެހެން މީހަކަށް ނިއުޅައި ނުގަނެވޭނެ ނިޢްމަތަކީ ތަޤްވާވެރި ކަމެކެވެ. ރިވެތި އަޚްލާޤެވެ.
- ކިތަންމެ ގާތް ރަހްމަތްތެރިއަކީ ވެސް ތިބާ ދޫކޮށްފައި ކޮންމެ ވަގުތަކުވެސް ހިނގައިދާނެ މީހެއް ކަމަށް ބަލާށެވެ!
މިއީ ވަސިއްޔަތްފުޅު ކަމަށް ބެލި ނަމަވެސް އަދި ނަބޭޙަތްފުޅު ކަމަށް ބެލި ނަމަވެސް އެއްވެސް މައްސަލައެއް ނެތެވެ. މިއިން ކޮންމެ ކަމަކީވެސް އަހަރެމެންނަށް އިނތިހާއަށް ފައިދާހުރި ކަންކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން