ރަހްމަތުގެ ދޮރުތައް ހުޅުވެން ބޭނުން ނަމަ މާފުކުރުން ގިނަކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރަހްމަތުގެ ދޮރުތައް ހުޅުވެން ބޭނުން ނަމަ މާފުކުރުން ގިނަކުރާށެވެ!: މުފްތީ މެންކް

ވަރަށް ގިނަ ފަހަރު އަދާވާތްތެރިކަމަށް ބަދަލުވަނީ ކުރެވޭ ޝައްކުތަކެވެ. ޝައްކު ކުރެވުމުގެ ތެރެއިން ފުރަތަމަ އުފެދެނީ ޢަދާވާތްތެރިކަމެވެ. އަދާވާތްތެރިކަން ބަދަލުވެގެންދަނީ ޙަސަދަވެރިކަމަށެވެ. 

ވީމާ އެންމެ ރަނގަޅު ގޮތަކީ ޝައްކު ނުކުރުމެވެ. ކުރެވޭ ކޮންމެ ހީއަކީ ފާފައެކެވެ. ވީމާ ފާއެއް ލިބިގަންނަންވީ ކީއްކުރަން ހެއްޔެވެ؟ މަސައްކަތް ކުރަންވީ ސަވާބެއް ހޯދަން ނޫން ހެއްޔެވެ؟ ވީމާ މީހަކާއިމެދު ޝައްކެއް ކުރެވިއްޖެ ނަމަ ފުރަތަމަ ވެސް އެމީހަކަށް މާފުކުރާށެވެ! އެއިރުން ފާފައެއް ނުކުރެވޭނެއެވެ. އަދި ސަވާބުވެސް ލިބުނީއެވެ. 

ކުރެވޭ ޝައްކެއްގެ ތެރެއިން ޢަދާވާތްތެރިވެގެން ހުންނަތާ އެތައް އަހަރެއް ފަހުން އެއީ ކުށްހީއެއްކަން އެބަ އެނގެއެވެ. މިފަދަ ހާލަތުގައި ވާނެ ގޮތް ނިކަން ވިސްނައިލަބަލާށެވެ. އެ ދިގު މުއްދަތުގައި ކިހައި ގިނަ ފާފައެއް ވާނީ ކުރެވިފައި ހެއްޔެވެ؟ އެއިގެ ބަދަލުގައި ފުރަތަމަވެސް މާފުކޮށްގެން ހުރިނަމަ ކުރާނީ ކިހައި ބޮޑު މަންފާއެއް ހެއްޔެވެ؟ 

ހަނދާން ކުރާށެވެ! މާފުކުރާ މީހާއަށް ރަހްމަތުގެ ދޮރުތައް ދާނީ އިތުރަށް ހުޅުވެމުންނެވެ. އެދޮރުތަކުން ވަންނާނީ ނަޞީބެވެ. ދިންނެވުމެވެ. އެހެނީ މާފުކުރާ މީހުންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އަބަދުވެސް ދާނީ އިތުރުވަމުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން