ޚަބަރުގައިވާ ފޮޓޯ ގައި އެވަނީ ފަލަސްޠީނުގެ ދެމަފިރިއެކެވެ. ފޮޓޯ ޢާންމުކުރި ފަރާތުން އެ ދެމަފިރިންގެ ތަފްޞީލް ހާމަކޮށްފައި ނެތުމުން އެ ދެމަފިރިންގެ އުމުރަކީ ކޮބައިކަން އެނގޭކަށް ނެތެވެ. ފެންނަ ފެނުމުން 80، 90 އަހަރަށްވުރެ މަތިވެދާނެއެވެ.
ސުވާލަކީ މިއުމުރުގައި އެކަކު އަނެކަކު ދެކެ މިހައި ލޯބިން އުޅެވެނީ، އެކަކު އަނެކަކަށް މިވަރަށް އަޅައިލެވެނީ ކިތައް ދެމަފިރިންނަށް ހެއްޔެވެ؟
ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ލޯބިދިނުމާއި އަޅައިލުމަކީ ދެމަފިރިންގެ ޒުވާން އުމުރުގައި ކުރަން ޖެހޭ ކަމެއް ކަމަށެވެ. އުމުރުން ދުވަސްވެ، މުސްކުޅިވެ ތަންމަތި ވަކިކުރާ އުމުރަށް ދިއުމުން ދެމަފިރިންގެ ލޯބި ދިނުންވެސް ނިމުމަކަށް އައީ ކަމަށެވެ.
މިކަމަށް ވިސްނަން ޖެހޭނީ އުމުރުން ދުވަސްވުމަކުން ނޫނެވެ. މިކަމަށް ވިސްނަންވީ އެންމެ ޒުވާން އުމުރުން ފެށިގެންނެވެ. އެކަމަށް ޝައުޤުވެރިވާންވީ ވެސް އެންމެ ޒުވާން އުމުރުގައެވެ. އެކަމަށް ޢަޒުމް ކަނޑައަޅަންވީވެސް އެންމެ ޒުވާން އުމުރުގައެވެ. ޒުވާން އުމުރުން ފެށިގެން އެކަމަށް ޢަޒުމް ކަނޑައަޅައި އެކަމަށް އެދި ދުޢާ ކުރަމުން ގެންދާނަމަ ﷲ ތަޢާލާ އެކަމަށް މަގުފަހިކޮށްދެއްވަވާނެތެވެ! އިންޝާ ﷲ!
ޙަޤީޤަތުގައި ޒުވާން އުމުރުގައި އެކަނި ކަންކަން ކުރެވިދާނެއެވެ. އެހީތެރިކަން ބޭނުންވާނީ އުމުރުން ދުވަސްވުމުންނެވެ. ވީމާ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންވާނީ ޢުމުރުން ދުވަސްވުމުންނެވެ.