ދީނީ ޢިލްމުވެރިއެއްގެ ކަންބޮޑުވުން: މިއަދު ރާއްޖޭގެ ގިނަ ބައަކު ދެ އަތް އުފުލައި ﷲ ދަންނަވާނީ ކީކޭ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ދީނީ ޢިލްމުވެރިއެއްގެ ކަންބޮޑުވުން: މިއަދު ރާއްޖޭގެ ގިނަ ބައަކު ދެ އަތް އުފުލައި ﷲ ދަންނަވާނީ ކީކޭ؟

ދިވެހިރާއްޖެ މިއަދު މިވަނީ ބިރުގަންނަން ޖެހޭފަދަ ނުރައްކައުތެރި ޙާލަތެއްގައެވެ. ސަބަބަކީ މިއަދު ރާއްޖޭގެ ގިނަ ބައަކު ދެ އަތް އުފުލައި ﷲ ތަޢާލާ އަށް ދަންނަވާނީ ކީކޭ ކަމާއިމެދު ސުވާލު އުފެދޭތީއެވެ.

ނިމިގެން ދިއަ މަޖިލިސް އިންތިޚާބުގެ ވޯޓު ނެގި ދުވަހު އަޅުގަނޑު ހުރީ 2000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެއްގައެވެ. ކެންޑިޑޭޓުންގެ ފަރާތުން ފައިސާ އޮއްސަމުން ގެންދިއައީ ވަކިވަރަކަށް ނޫނެވެ. ބޯކޮށް ވާރޭ ވެހޭ މިސާލުގައެވެ. ހަވީރު 2 ގަޑިއިރު އިތުރުކުރުމުން އެހައިތަނަށް ވޯޓު ނުލައި ތިބި މީހުންނާއި ދިމާއަށް ފައިސާތައް ދުއްވައިގަތީ އެތައް ގުނައަކަށް އިތުރުވެގެންނެވެ.

އެރަށުގެ ރައްޔިތުންގެ ތެރެއިން ކެންޑިޑޭޓުން ބެހި ރިޝްވަތުގެ ފައިސާގައި ނުހިފަނީ ކާކުކަން ބުނަން ނުައެނގޭހައި ގިނަ އަދަދެއްގެ މީހުން ރިޝްވަތު ހިފިއެވެ. އަދި ބައެއް މީހުން އެކަކަސްވުރެ ގިނަ ކެންޑިޑޭޓުންގެ އަތުންވެސް ފައިސާ ބޭނުންކުރިއެވެ.

އެ ފައިސާ މިހާރު ވަނީ ހިފި އެންމެންގެ ބަނޑުގައެވެ. ހަށިގަނޑުގައިވާ ލޭގައި އެވަނީ އެފައިސާއިން ބައެއް ހިމެނިފައެވެ. އެފަދަ ޙާލުގައި އެމީހަކު ދެ އަތް އުފުލައި ﷲ ތަޢާލާއަށް ދަންނަވާނީ ކީކޭހެއްޔެވެ؟ ދެންނެވެން އޮތީ ކީކޭ ހެއްޔެވެ؟ ޙަދީޘް ބަސްފުޅުގައި އޮތީ "ޙަރާމް ތަކެތި ކައިގެން ޖަހާ މަސް ދިއުން ކައިރީ ނަރަކައަށް" ކަމަށެވެ. މިކަން ނުއެނގޭނެ ހަމަ އެންމެ ދިވެއްސަކު ވެސް ހުރެގެން ނުވާނެއެވެ. މި ޙަދީޘްފުޅަކީ އެންމެ ގިނައިން ހުކުރު ޚުޠުބާތަކުގައި ކިޔާ ޙަދީޘްފުޅަކަށްވާތީއެވެ.

އެންމެ އަޖައިބުކުރި އެއް ކަމަކީ ވޯޓުލުމާއި ހަމައަށް ހޮޅުއަށިތަކުގައި ދެއްކި ވާހަކަ މުޅިން ބަދަލުވުމެވެ. ވޯޓު ގުނައި ނިމުނުއިރު ރައްޔިތުންގެ ގިނަ ބައަކު އެމީހަކަށް ވޯޓު ނުލާނެ ކަމަށް ބުނި މީހާއަށް އެންމެ ގިނަ ވޯޓުލިބިފައިވީކަމެވެ.

މިއީ ދީނީ ޢިލްމުވެރިއަކު މިއަދުނޫހާއި ޙިއްޞާކުރެއްވި މައުލޫމާތުކޮޅެކެވެ. ޢިލްމުވެރިޔާގެ ވާހަކަފުޅު މިމޭރުމުން ހުރިއިރު "މިމަޖިލީހަށް ހުރިހާ މެންބަރުންވެސް އިންތިޚާށބުވެގެން މިތިބީ ރައްޔިތުންނަށް ރިޝަވަތު ދީގެން ނޫންތޯ އާއި ބޮޑެތި ލޯނުތައް ހޯދައި ދޭނެ ކަމުގެ ޔަޤީންކަންވެސް ދީގެން ނޫންތޯ؟" މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މުޙައްމަދު ވަނީ މަޖިލީހުގައި ސުވާލު ކުރައްވައިފައެވެ.

މިއަދު އޮންލައިން