"ފުރިހަމަ ތައުބާއަކުން ތައުބާވުމަކީ ކުރެވުނު ނުބައި ކަންތައް ދޫކޮށްލައި (ކުރުން ހުއްޓާލައި)، އެކަން ކުރެވުނުކަން މައްޗަށް ހިތާމަކޮށް، ދެން އެފަދަ ކަމެއް ނުކުރުމަށް ޢަޒުމް ކަނޑައަޅައި، އެކަމުގައި މީހެއްގެ ޙައްޤެއް ވާނަމަ އެހައްޤު އެމީހަކަށް ރައްދުކޮށްދީ، ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާ ކުރުމެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ދިނީ ބައެއް ޢިލްމްވެރިން ބަޔާން ކުރައްވާ ގޮތުގައި އެހެން މީހެއްގެ ޙައްޤަކަށް އަރައިގަތުން، ބޭނުންކުރުން ފަދަ ކަމެއް ކުރެވިފައި އޮވެމެ، އެމީހަކަށް ބަދަލު ދެވެން ނެތް ނަމަ އެކަން ބަޔާންކޮށް އެމީހެއްގެ ކިބައިން މާފަށް އެދި އެމީހާގެ ހިތް ހަލާލް ހޯދަން މަސައްކަތްކުރަން ވެސް ޖެހޭނެއެވެ.
މުފްތީ މެންކް ވިދާޅުވެފައިވަނީ ޤިޔާމަތް ދުވަހު ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނީ އެހެން މީހުންގެ ޙައްޤުތައް ނުހިމެނޭ ފާފަތައް ކަމަށާއި އެއްވެސް މީހެއްގެ ޙައްޤެއް އޮންނަ ކަންކަމުގައި ބަދަލު ދޭން ޖެހޭނެ ކަމަށެވެ.