"ނުބައެއް ފެނިއްޖެ ނަމަ، ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އަތުން މަނާ ކުރުމަށެވެ. އެކަމަށް ކުޅަދާނަވެގެން ނުވާނަމަ ދުލުން މަނާކުރުމަށެވެ! އަދި އެކަމަށް ވެސް ކުލަދާނަވެގެން ނުވާ މީހާ ހިތުން މަނާ ކުރުމަށެވެ!"
- ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ މިނިވަން ދުވަހާއި ގުޅުވައިގެން ކުރަމުން ގެންދާ ކަންކަމުގެ ތެރޭގައި ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަންކަން ހުރިކަން ފާހަގަކޮށް ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ވަގުތެއްގައެވެ.