ރަމަޟާން މަހު އަހަރެމެން އެންމެން ވެސް ވަރަށް ގިނަ އަޅުކަން ކުރީމުއެވެ. ތަޤްވާވެރިކަން އިތުރުކުރީމުއެވެ. ޝައްވާލް މަހު 6 ރޯދަވެސް ހިފީމުއެވެ. ސުވާލަކީ އެންމެ ދެ މަސް ފާއިތުވިއިއރު ރަމަޟާން މަސް ނިމުނު އިރު، ހަ ރޯދަ ހިފައި ނިންމި އިރު އަހަރެމެންގެ ކިބައިގައި ހުރި ތަޤްވާވެރިކަން މިހާރު އެބަހުރި ހެއްޔެވެ؟
އެއްވެސް ޝައްކެއްނެތެވެ. ގިނަ ބައެއްގެ ކިބައިން ވަނީ ތަޤްވާވެރިކަމުން ބޮޑު ބައެއް އުނިވެފައެވެ. އެކަން އެހެންވާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ޙައްޖުމަހުގެ ފުރަތަމް 10 ދުވަސް އެހައި މާތް ކުރއްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ.
ކުރިއަށް އޮތް 4 ވަރަކަށް ދުވަސް ފަހުން ބަރަކާތްތެރިކަމުން ފުރިގެންވާ ޙައްޖު މަހުގެ ފުރަތަމަ10 ދުވަސް އަހަރެމެންނާއި ބައްދަލުކުރާނެއެވެ. ވީމާ މިއީ އެކަމަށް ތައްޔާރުވާންވީ ވަގުތެވެ. ރޭތަކުގެ ތެރެއިން ﷲ ތަޢާލާ އެންމެ މާތްކުރައްވަވާފައިވަނީ ރަމަޟާން މަހުގެ ރޭތަކެވެ. ދުވަސްތަކުގެ ތެރެއިން ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހެވެ. ވީމާ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ އެންމެ ބަރަކާތްތެރިކަން ބޮޑު ދުވަސްތަކެވެ. އަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑުވެގެންވަނީ އެ 10 ދުވަހު ކުރާ ހެޔޮ އަމަލުތަކެވެ.
ވަޒީފާ އަދާކުރާ މީހުން ޗުއްޓީ ނަގަންވީ ޑިސެމްބަރުގައި ނިވްއިޔަރ ފާހަގަކުރާކަށް ނޫނެވެ. ޗުއްޓީ ނަގަންވީ ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހު ވީހައި ގިނަ އަޅުކަން ކުރުމަށެވެ. ﷲ ތަޢާލާ ޢީދުގެ ގޮތުގައި މުސްލިމުންނަށް ދެއްވެވި ޢީދުގެ އުފާ ލިބިގަތުމަށް ތައްޔާރުވުމަށެވެ. ޢީދަށް ފަހަން ޖެހޭ ލިބާހަކީ އައު ފޭރާން އެކަންޏެއް ނޫނެވެ. ޢީދަށް ޢީދު ހެދުން ހޯދުމުގެ ކުރިން ތަޤްވާވެރިކަމުގެ ފޭރާން ލިބިގަންނަން އެބަޖެހެއެވެ. ޢީދަށް ހޯދާ އައު ފޭރާން ލުމުން ރީތިކަން ލިބޭނީ ތަޤްވާވެރިކަން ހަށިގަނޑަށް ލިބިފައިވާ ނަމައެވެ.
Our beloved Prophet Muhammad (SAW) said in one of His hadith about the blessed days of Dhul Hijjah in these words: “There are no deeds as excellent as those done in these ten days.” They (the companions listening) said, “Not even Jihad?” He (SAW) said, “No, not even Jihad except a man who goes forth endangering his life and wealth and does not return with anything” (Bukhari)
ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހު ވީހައި ގިނައިން އަޅުކަން ކުރާށެވެ! ވީހައި ގިނައިން ރޯދަ ހިފާށެވެ!
“The Messenger of Allah (PBUH) would fast the (first) nine days of Dhul Hijjah, the day of Ashura and the three days of every month: The first Monday of every month and the following two Thursdays”.(Abu Dawud)
މީސްތަކުންނޭވެ! އިސްލާމް ދީނުގައި ބަޔާންވެގެންވާ އަޅުކަމުގެ މޫސުމަކާއި ބައްދަލުވުމަކީ އެންމެ ބޮޑު ނަޞީބެވެ. އެނަޞީބު ޙާޞިލު ނުކޮށްފިނަމަ އެފަދަ އެހެން މޫސުމަކާއި ދެން ބައްދަލު ނުވުމަކީ ވެސް ހަމަ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. ވީމާ ދާދިއަވަހަށް އަހަރެމެންނާއި ބައްދަލުކުރާނެ ޙައުޖުމަހުގެ ފުރަތަމަ 10 ދުވަހާއި ބައްދަލުކުރަން ފުރިހަމައަށް ތައްޔާރުވަމާ ހިނގާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން