މެދުތެރޭކަނޑުގެ ރަށްތައް ފަތަޙަ ކުރެއްވެވުމުން އަބޫ ދަރުދާ (ރޢ) ކީރިތި ކުރައްވަވައި ބަޔާންކުރެއްވެވި ބަސްފުޅުގެ ތެދުކަން..

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
މެދުތެރޭކަނޑުގެ ރަށްތައް ފަތަޙަ ކުރެއްވެވުމުން އަބޫ ދަރުދާ (ރޢ) ކީރިތި ކުރައްވަވައި ބަޔާންކުރެއްވެވި ބަސްފުޅުގެ ތެދުކަން..

އެއީ މުސްލިމުން މެދުތެރޭ ކަނޑުގެ ރަށްތައް ފަތަޙަ ކުރި ދުވަހެވެ. މެދުތެރޭ ކަނޑުގެ ރަށްތައް ފަތަޙަ ކުރެވުމަކީ މުސްލިމުން ހުވަފެނުން ވެސް ދެކެމުން އައިކަމެއް ނޫނެވެ. 

މުޅި ލަޝްކަރު އެކަމަށް ފުޅައުކުރަމުން ގެންދިއައިރުވެސް އަބޫ ދަރުދާ (ރޢ) އިންނެވީ ކީރިތި ކުރައްވާށެވެ. އެހިނދު އަބޫ ދަރުދާގެ އަރިއަހުގައި ދެންނެވުނެވެ. "އޭ އަބޫ ދަރުދާ (ރޢ)އެވެ! މިއަދު ތިއަ ކީރިތި ކުރައްވަނީ ކޮން ކަމަކާއިމެދު ހިތާމަ ކުރައްވަވާތީތޯއެވެ. ރަށްތައް އަހަރެމެންނަށް ފަތަޙަކުރެވިއްޖެއެވެ. ﷲ ތަޢާލާއަށް ކާފިރުވި މީހުންގެ މައްޗަށް ﷲ ތަޢާލާ އަހަރެމެންނަށް މިވަނީ ނަޞްރު ދެއްވަވައިފައެވެ. ވީއިރު ދެން ހިތާމަ ތިއަ ކުރައްވަވަނީ ކޮން ކަމަކާތޯއެވެ؟" 

ޖަވާބުގައި އަބޫ ދަރުދާ ވިދާޅުވިއެވެ. "ބިރުފުޅުގެން ވަޑައިގަންނަވަނީ އެމީހުން ﷲ ތަޢާލާއަށް އުރެދުމުން އެމީހުންގެ މައްޗަށް އަހަރެމެންނަށް (މުސްލިމުންނަށް) ނަޞްރު ދެއްވެވި ފަދައިން އަހަރެމެންގެ (މުސްލިމުންގެ) އަމަލުތަކުގެ ސަބަބުން އަހަރެމެންގެ (މުސްލިމުންގެ) މައްޗަށް އެމީހުންނަށް (ކާފަރުންނަށް) ނަޞްރު ދެއްވަވައި ބާރު ދެއްވަވައިފާނެ ދުވަހަކާއިމެދުގައެވެ." 

އެއީ މީގެ 1400 އަހަރު ކުރިއެވެ. އަބޫ ދަރުދާ އެ ދުވަހު ވިދާޅުވިފަދައިން ކަންތައްތައް ވަމުން ދާތަން މިއަދު ނުފެން ނަނީ ހެއްޔެވެ؟ ދުނިޔޭގައި އެންމެ ބާރުގަދަ އެއްޗަކީ ފައިސާއެވެ. ފައިސާ ހުރީ މުސްލިމް ޤައުމުތަކުގައެވެ. ނަމަވެސް މުސްލިމުންގެ އެއްވެސް ބާރެއް ނެތެވެ. ހުރި ހުރިހާ ފައިސާތަކާއިއެކުވެސް ތިބީ ކާފަރުންނަށް އަޅުވެތިވެފައެވެ. އަޅުވެތިކަމުގެ ހިލިހިލާތަކުން ސަލާމަތް ނުވެވޭވަރުވެފައެވެ.   

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޤައުމުތަކުގެ ކަންކަން ވެރިންނަށް ދޫކޮށްލާށެވެ! ވަގުތު ޖެހުމުން ﷲ ތަޢާލާ އެމީހުން ކަސްތޮޅު އަޅުއްވަވާނެއެވެ. ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރަންވީ އެމީހެއްގެ ސަލާމަތްކަން ހޯދުމަށެވެ. ކާފަރުންގެ އަޅުވެތިކަމުގައި ތާށިނުވެ ސަލާމަތްވުމަށެވެ. އެކަން ކުރެވޭނީ ކާފަރުންގެ އަޅުވެތިކަމަށް ގެންދުވާ ޝައިޠާނާގެ ކިބައިން ސަލާމަތްވެގެންނެވެ. އެކަން ކުރެވޭނީ ﷲ ތައާލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކޮށްގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން                    

މިއަދު އޮންލައިން