ޅަފަތުގައި ދަރިން މަރުވުމުން ކެތްތެރިވެ ﷲ އަށް ވަކީލުކޮށްފިނަމަ އެމީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށް ދެއްވަވާނެ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ޅަފަތުގައި ދަރިން މަރުވުމުން ކެތްތެރިވެ ﷲ އަށް ވަކީލުކޮށްފިނަމަ އެމީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށް ދެއްވަވާނެ!: ޢުމަރު ސުލައިމާން

ދަރިން ދެކެ ލޯބިވާ މައިން ބަފައިންނަށް ލިބޭނެ އެންމެ ބޮޑު ހިތާމައަކީ އަދި އިމްތިޙާނަކީވެސް އެމީހުންގެ ދަރިން މަރުވުމެވެ. ޚާއްޞަކޮށް ޅަފަތުގައި މަރުވުމެވެ. އެކަމުން ލިބޭނެ ހިތްދަތިކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެހެންވެ އެކަމަށް ދެއްވަވާ ނިޢްމަތްތައް ވެސް މަތިވެރިއެވެ. ނަމަވެސް ކެތްތެރިވެ ﷲ ތަޢާލާއަށް ވަކީލުކޮށްފި މީހަކަށެވެ. 

ދަރިން މަރުވުމުން އެކަމަށް ކެތްތެރިވެ ﷲ ތަޢާލާއަށް ވަކީލުކޮށްފި މީހަކަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ﷲ ތައާލާ ބިނާކޮށް ދެއްވަވާނެތެވެ. އެއީ އެމީހުންނަށް އެފަދަ ބޮޑު ހިތާމައެއް ލިބުމުންވެސް ﷲ ތައާލާ މިންވަރުފުޅު ކުރެއްވެވި ގޮތަށް ޝުކުރުވެރިވެ ކެތްތެރިވީތީއެވެ. 

ކުޑަކުދިންގެ މަރު ހިއްޕަވައިގެން މަލާއިކަތްުން ﷲ ތައާލާގެ ޙަމްރަތަށް ދިއުމުން މަރު ހިއްޕެވުމުން މައިން ބަފައިން ކަންތައް ކުރި ގޮތާއިމެދު ﷲ ތައާލާ ސުވާލުކުރައްވަވާނެތެވެ. މައިން ބަފައިން ކެތްތެރިވެ  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ މިފަދައިން ކީކަމަށް ދަންނަވައިފިނަމަ އެމީހުންނަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރެއްވެވުމަށް މަލާއިކަތުމުންނަށް އަމުރުފުޅު ކުރައްވަވާނެތެވެ. 

އެއްވެސް ނަފްސަކަށް ނުއުފުލޭނެވަރުގެ ތަކްލީފެއް އެ ނަފްސަކަށް ނުޖައްސަވާނެ ކަމަށް ﷲ ތައާލާ ވަނީ ވަޙީޚުރައްވަވާފައި ނޫން ހެއްޔެވެ؟ އެހެންކަމުން ކޮންމެ ކަމަކަށްވެސް ކެތްތެރިވާން މަސައްކަތްކުރަން ޖެހޭނެއެވެ. މުޞީބާތުގެ ވަގުތުގައި ހަނދާނަށް ގެންނަންވީ ބަޤަރާ ސޫރަތުގެ އެންމެ ފަހު އާޔަތެވެ. އެއިރުން ހިތްވަރު ލިބޭނެއެވެ. ދެން ވިސްނަންވީ ބޮޑެތި އިމްތިޙާނުތައް ކުރިމަތި ކުރެއްވެވުމުން އެ އިމްތިޙާނުތަކުން ފާސްވާ މީހުންނަށް ދެއްވަވާނެ ދަރަޖަ ވެސް މަތިވެރިވެގެންދާނެ ކަމެވެ. މި ދެ ކަންތައް ހިތްމައްޗަށް ގެނެސްފި މީހަކަށް ކެތް ނުކުރެވޭވަރުގެ ތަކްލީފެއް ކުރިމައްޗެއް ނުވާނެއެވެ. 

- ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން