ދަރިއަކު މަރުވުމުން ހިތާމަ ކުރެވޭނީ ކިހައި ވަރަކަށް؟: ޑރ. ޝާބިރް ޢަލީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދަރިއަކު މަރުވުމުން ހިތާމަ ކުރެވޭނީ ކިހައި ވަރަކަށް؟: ޑރ. ޝާބިރް ޢަލީ

ތުއްތު ދަރިފުލު މަރުވުމުން ކުރަން ޖެހޭ ހިތާމަ، ނުވަތަ ހިތަށް ލިބޭ ހިތްދަތިކަން އެނގޭނީ ހަމައެކަނި އެކަމުގެ ވަގުތުގައެވެ. އެފަދަ ޙާލަތެއް ކުރިމަތިވުމުންނެވެ. 

ރަސޫލް (ޞޢވ) އަކީ ކެތްތެރިކަމުގެ ނަމޫނާ މިސާލެވެ. ނަމަވެސް ދަރިކަލުން އިބްރާހީމްގެފާނު އަވަހާރަވި ދުވަހު ކަންތައް ވީގޮތާއިމެދު ވިސްނާށެވެ. ކީރިތި ކުރެއްވެވުނެވެ. ލޯފުޅުން ކަރުނަ ފޮދު އޮހޮރުނެވެ. އެކަމާއި ކަންބޮޑުވެ ޞަހާބީން ސުވާލު ކުރެއްވެވިއެވެ. 

ޖަވާބުގައި ވިދާޅުވީ ހިތްދަތި ހާލަތުގައި ލޮލުން ކަރުނަ އަންނާނެ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅިގެން ޝަކުވާގެ ކިތަންމެ ކުޑަ ބަހެއް ނަމަވެސް ދުލުން ބުނެގެން ނުވާނެ ކަމަށެވެ. މިކަމުން އެނގިގެންދަނީ ދަރިއަކު މަރުވުން ފަދަ ހިތާމައެއް ލިބުމުން ރޮވުނު ނަމަވެސް މިންވަރުފުޅު ކުރެއްވެވި ޙާލަތަށް ޝުކުރުވެރިވާން ޖެހޭނެ ކަމެވެ. 

މިފަދަ ޙާލަތުގައި ބައެއް މީހުން އެބަ ސުވާލުކުރެއެވެ. މިފަދަ ކަމެއް ތިމާއަށް މެދުވެރި ކުރެއްވެވީ، މިފަދަ ބޮޑު ހިތާމައެއް ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ މިފަދަ ސުވާލުތައް އެއްވެސް ޙާލެއްގައި ކޮށްގެން ނުވާނެއެވެ. އެހެނީ އެއްވެސް އިންސާނަކަށް ﷲ ތަޢާލާގެ ޙިކުމަތްތެރިވަންތަކަމެއް ނުއެނގޭނެއއެވެ. އެކަމުގައި ފޮރުވިގެންވާ ސިއްރެއް ނުއެނގޭނެ އެވެ. އަބަދުވެސް ޔަޤީން ކުރަންވީ އެއްވެސް މީހަކަށް ދެރައެއް ލިބޭނެ އެއްވެސް ކަމެއް ﷲ ތަޢާލާ މިންވަރުފުޅު ނުކުރައްވަވާނެ ކަމެވެ. ގެއްލުނު އެއްޗަކަށްވުރެ ފައިދާހުރި ނިޢްމަތެއް މިންވަރުފުޅު ކުރައްވަވާނެ ކަމެވެ. 

ޢާއިލާގެ އެއްވެސް މީހަކު މަރުވުމަކީ ކަންބޮޑުވެ އަތުންފައިން ގޯސްހަދަން ޖެހޭ ކަމެއް ނޫނެވެ. މަރުވުމަކީ ދާއިމީ ވަކިވުމެއް ނޫނެވެ. މަސައްކަތް ކުރަންވީ ސުވަރުގެއިން އެމީހަކާއި ބައްދަލުކުރުމަށެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަންވީ ސުވަރުގެ ޙާޞިލުކުރުމަށެވެ.

މިއަދު އޮންލައިން