ބީއެމްއެލްގެ އާ ބޯޑުން ޝަރީފްގެ ނަން އުނިކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 22ސ
ބީއެމްއެލްގެ އާ ބޯޑުން ޝަރީފްގެ ނަން އުނިކޮށްފި

ސަރުކާރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑަށް ހުށަހެޅި މެމްބަރުންގެ ލިސްޓުން، އެކުންފުނީގެ މިހާރުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފުގެ ނަން އުނިކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް އަހަރަށް ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ކަނޑައަޅާ ހަތް މެމްބަރުންގެ ތެރޭގައި ޝަރީފުގެ ނަން ކުރިން ހިމަނާފައިވީ ނަމަވެސް، އޭނަގެ ނަން ބޯޑުގެ މެމްބަރުންގެ ލިސްޓުން މިހާރު ވަނީ އުނިކޮށްފައެވެ. ނަމަވެސް އޭނަގެ ބަދަލުގަ އިތުރު ނަމެއް ހުށަހަޅާފައިވާކަމެއް އަދި ސާފު ވެފައެއް ނުވެއެވެ.

މުޅިއަކު އެގާރަ މެމްބަރުން ހިމެނޭ ބީއެމްއެލްގެ ބޯޑަށް ސަރުކާރުން އައްޔަނު ކުރަނީ އަށް މެމްބަރުންނެވެ. އެބޭފުޅުންގެ އިތުރުން ބޯޑުގައި ދެން ހިމެނިވަޑައިގަންނަވާނީ އާންމު ހިއްސާދާރުންގެ ތެރެއިން އައްޔަނުކުރާ ތިން ހިއްސާދާރެކެވެ.

ބީއެމްއެލް ގެ ބޯޑަށް އަމިއްލަ ގޮތޮން ކުރިމަތިލައްވާފައިވަނީ މއ. ޓިއުލިޕްވިލާ މުޙައްމަދު އަބްދުއްސައްތާރާއު، ނ. ހޮޅުދޫ ނެލުމް އިބްރާހިމް އަބްދުއްސައްތާރާއި ގ. އުފާ އަހުމަދު މުޙައްމަދެވެ. 

ބީއެމްއެލް ގެ ބޯޑަށް ސަރުކާރުން މިހާތަނަށް ހުށަހެޅި ނަންތައް

1. ބޭންކްގެ ސީއީއޯ އަށް، ޓިމޮތީ ސޯޔާ

2. ޖުވޭރިޔާ ސައީދު، މއ. ކޮށީގެ،މާލެ

3. ސަނާ މަންސޫރު، މއ. މަނަސް،މާލެ

4. ނަޖީމް އިބްރާހިމް ޒަކަރިއްޔާ، މ. ދާނިޝް،މާލެ

5. ހައްވާ ސަފުނާ، ހ. ވައިފިލާގެ،މާލެ

6. ޙުސެއިން ތައުފީގު އަލީ، މ. މުއިރި،މާލެ

މިމީހުން ބޯޑަށް އައްޔަނު ކުރާނީ މިރޭ ބާއްވާ ބީއެމްއެލް ގެ އަހަރީ އާއްމު ޖަލްސާގައެވެ.

މިއަދު އޮންލައިން