އުމުރުން އެންމެ 6 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކުރި މޭސަމް!

ކިޔުމަށް ހޭދަވާނީ 1މ 44ސ
އުމުރުން އެންމެ 6 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކުރި މޭސަމް!

ޔުނައިޓޭޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަވަށެއް ކަމުގައިވާ ޙޯރް ފައްކާން ގައި ދިރިއުޅޭ، އުމުރުން އެންމެ ހަ އަރަހުގެ މޭސަމް ޔަޙްޔާ މުޙައްމަދު، ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކޮށްފިއެވެ. 

ތަޖުވީދު މަގަށް ޤުރްއާން ކިޔަވަމުން އަންނަ މޭސަމް އަކީ މިހާރު އެޤައުމުގައި ހުރި އެންމެ ޒުވާން، އުމުރުން އެންމެ ހަގު ހާފިޛާއެވެ. 

"އަހަރެންގެ ދަރިފުޅު ކީރިތި ޤުރްއާން ހިތުދަސްކުރަން ފެށީ، އޭނާގެ އުމުރުން 3 އަހަރުގަ. އެއީ މިސްކިތްތަކުގަައި އެއިރު ޝާރްޖާ ފައުންޑޭޝަންގެ ފަރާތުން ކުރިއަށްދިޔަ ތަހްފީޒް ސެޝަންތަކުން. އޭގެ އިތުރުން ގޭގައި ވެސް އަހަރުމެން އޭނާއަށް އަބަދުވެސް ޤުރްއާން ކިޔަވާދެން" މޭސަމްގެ މަންމަ ބުނެފައިވެއެވެ. 

މީގެއިތުރުން އޭނާގެ މަންމަ ބުނެފައިވަނީ، މޭސަމްގެ އުމުރުން ތިން އަހަރުގައި، ކީރިތި ޤުރްއާންގެ ދެ ފޮތް އޭނާ ހިތުދަސްކުރި ކަމަށާއި، "ޝޭއިޚް ޒައިދް ހޮލީ ޤުރްއާން" މުބާރާތުން ހަތް ވަނަ އެއިރު މޭސަމް ހާސިލު ކުރިކަމަށެވެ. މިއީ އޭނާ ޕްރީސްކޫލަށް ވަނުމުގެ ކުރިން ހޯދި ކާމިޔާބީއެއްކަން ވެސް މޭސަމްގެ މަންމަ ފަޚުރުވެރިކަމާއެކީ ފާހަގަ ކޮށްފައިވެއެވެ. 

"އޭނާއަށް މިކަން ކުރެވޭނެކަން (ކީރިތި ޤުރްއާން ހިތުދަސް ކުރެވޭނެކަން) އަހަންނަށް އެނގުނީ، ވާހަކަދައްކަން ފެށިގެން އައި ދުވަސްކޮޅުގައި، މޭސަމް ވަރަށް ގިނައިން ކީރިތި ޤުރްއާންގެ އާޔަތްތައް ކިޔަމުން ގެންދިޔުމުން. އެއިރު ޓީވީން ވިޔަސް، ރޭޑިއޯ އިން ވިޔަސް ކީރިތި ޤުރްއާންގެ އަޑު އިވިއްޖެނަމަ މޭސަމް އެއާޔަތްތައް ދަސްކޮށް، ހިތުން ކިޔާ" އޭނާގެ މަންމަ ބުންޏެވެ.

މޭސަމް ވެސް އެންމެ ފުރަތަމަ ގޭގައި ދަސްކުރީ ކުރު ސޫރަތްތައް ކިޔާށެވެ. އެއަށްފަހު އޭނާގެ މަންމަ އޭނާ ގޮވައިގެން ޚޯރްފައްކާން ގެ މިސްކިތަކަށް ގޮސް، ކީރިތި ޤުރްއާން ކިޔަވަންވީ ރަނގަޅު ގޮތާއި ތަޖުވީދުތައް އުނގަންނައި ދެއްވިއެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ، މޭސަމް އަށް ތަޖުވީދުމަގަށް ކީރިތި ޤުރްއާން ހިތުދަސް ކުރެވުނެވެ.

މިއަދު އޮންލައިން