ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން މިރޭ އައްޔަނުކޮށްފިއެވެ.
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ސަރުކާރުގެ ފަރާތުން އައްޔަނު ކުރާ ހަ ޑިރެކްޓަރަކާއި އާންމުހިއްސާ ދާރުން ތަމްސީލު ކުރުމަށް ތިން ޑިރެކްޓަރުން ވަނީ އައްޔަނު ކޮށްފައެވެ.
ސަރުކާރުގެ ފަރާތުން އައްޔަނު ކުރި ޑިރެކްޓަރަރުންނަކީ ޓިމޮތީ ސޯޔާ، ޓިމް- ބޭންކްގެ ސީއީއޯ، ޖުވައިރިޔާ ސައީދު، މއ. ކޮށީގެ، މާލެ، ޘަނާ މަންސޫރު، މއ. މަނަސް، މާލެ، ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން، މާލެ، ހައްވާ ސަފުނާ، ހ. ވައިފިލާގެ، މާލެ އަދި ހުސައިން ތައުފީގު އަލީ، މ. މުއިރި، މާލެ އެވެ.
މީގެއިތުރުން އާންމު ހިއްސާ ދާރުން ތަމްސީލު ކުރުމަށް ބީއެމްއެލްގެ ބޯޑަށް އައްޔަނު ކުރި ތިން ޑިރެކްޓަރުންނަކީ މުހައްމަދު އަބްދުއްސައްތާރު އާއި އިބްރާހިމް މުހައްމަދު އަދި އަހުމަދު މުހައްމަދު އެވެ.
ބީއެމްއެލް ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ ނަން ސަރުކާރުން އަނބުރާ ގެންގޮސްފައިވާތީ ސަރުކާރުގެ ފަރާތުން އިތުރު ޑިރެކްޓަރަކު އައްޔަނު ކުރުމަށް ފޮނުވުމުން ހާއްސަ ޖަލްސާއެއް ބާއްވާނެކަމަށް ރިޔާސަތުން ވަނީ ބުނެފައެވެ.