އަޅުކަން އުފައްދައިގެން ކުރުމަކީ ﷲ ގެ ކޯފާ އާ މުޞީބާތްތައް ކުރިމަތިވެދާނެ ކަމެއް! ޝައްކު އުފެދޭނަމަ ކުރުމުގެ ކުރިން ޔަޤީން ކުރޭ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އަޅުކަން އުފައްދައިގެން ކުރުމަކީ ﷲ ގެ ކޯފާ އާ މުޞީބާތްތައް ކުރިމަތިވެދާނެ ކަމެއް! ޝައްކު އުފެދޭނަމަ ކުރުމުގެ ކުރިން ޔަޤީން ކުރޭ!: މުފްތީ މެންކް

މުސްލިމުންނަށް ނުއެނގި ތިބެ އަޅުކަން އުފައްދައިގެން އެބަ ކުރެވެއެވެ. އަދި ބައެއް މީހުން ޤަޞްދުގައި ވެސް އެބަ ކުރެއެވެ. މޮޅު ކަމެއް ކޮށްލުމުގެ ބޭނުމުގައެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ގިނަ ލައިކް ހޯދަންވެސް އަޅުކަން އެބަ އުފައްދައެވެ. މިވެނި އެވެނި ކަމެއް މިވެނި އެވެނި އަދަދަކަށް ކުރަން އެބަ ބުނެއެވެ. 

އިސްލާމް ދީނުގައި އަޅުކަން ކަމުގައި ބަޔާންވެގެން ނުވާ ކަންކަން އެއީ އަޅުކަން ކަމަށް ޤަބޫލުކުރެވިގެންނާއި ޤަބޫލުކޮށްގެން އެފަދަ ކަންކަން އެބަ ކުރެވެއެވެ. އަދި ޤަޞްދުގައިވެސް އެބަ ކުރެއެވެ. 

މީސްތަކުންނޭވެ! މިއީ ވަރަށް ބިރުހުރި ކަމެކެވެ. ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅުގައި ވަނީ އެފަދަ ކަންކަން އެނބުރި އެމީހަކާއި ދިމާއަށް އަންނާނެ ކަމަށާއި އަންނާނީ ބޮޑުވެގެންވާ ފާފައެއްގެ ގޮތުގައި ކަމަށެވެ. އަދި އެނބުރި އަންނާނީ ކޮންފަދަ ބޮޑު މުޞީބާތެއްގެ ގޮތުގައިކަންވެސް ނުއެނގޭނެ ކަމަށެވެ. 

ވީމާ އިސްލާމް ދީނުގައި ޞައްޙަ ގޮތުގައި އެނގެންހުރި ކަންކަން ނޫން އެއްވެސް ކަމެއް އަޅުކަމެއްގެ ގޮތުގައި ނުކުރާށެވެ! އެހެން މީހުން ލައްވައި ކުރުވައިގެންވެސް ނުވާނެއެވެ. އަލަސް އުފައްދައިގެން ކުރާ އެފަދަ ކޮންމެ ކަމެއް ވާނީ ބިދުޢަ އަކަށެވެ. ކިރިޔާވެސް ޝައްކެއް އުފެދޭ ކަމެއް ނަމަ ދީނީ ޢިލްމުވެރިއެއްގެ ބަސް ހޯދައި ޔަޤީންކޮށްގެން ނޫނީ ނުކުރާށެވެ! އެކަމުގެ ސަބަބުން ތިމާ ފާފަވެރިވާނެކަމަށްޓަކައި ބިރުވެތިވާށެވެ!

 

-  މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން