ދިރާގުން 5ޖީ ގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ދިރާގުން 5ޖީ ގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކޮށްފި

ދިރާގުން މޮބައިލް އިންޓަނެޓް ކަނެކްޓިވިޓީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ 5ޖީ ޚިދުމަތް ރާއްޖެއަށް އަލަށް ތައާރަފްކޮށްފިއެވެ.

ދިރާގުން 5ޖީ ޚިދުމަތް ރާއްޖެއަށް ތައާރަފް ކުރުމުން ދެކުނު އޭޝިއާ ބައްރުގައި 5ޖީގެ ހިދުމަތް ލިބެންފެށި ފުރަތަމަ ގައުމަށް ރާއްޖެ ވެގެންދިޔާއީއެވެ.

ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައިދެއްވީ ދިރާގު ހެޑް އޮފީހުގައި މިރޭ ބޭއްވި ހަފްލާއެއްގައި އެ ކުންފުނީގެ ޗެއާޕާސަން އިސްމާއިލް ވަހީދު އާއި އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.

މިރަސްމިއްޔާތުުގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗެއާޕާސަން އިސްމާއީލް ވަހީދު ވިދާޅުވީ މިރެއަކީ ދިރާގުގެ ތާރީހުގައި އަދި ރާއްޖޭގެ ތާރީހުގައި ރަން އަކުރުން ފެވިގެންދާނެ ރެއެއްކަމަށެވެ.

5ޖީ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރި ނަމަވެސް މިހިދުމަތް އަދި ލިބޭނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބައެއް ސަރަހައްދުތަކަށާއި، އައްޑޫ ސިޓީ ހިތަދޫގެ ބައެއް ސަރަހައްދުތަކުގެ އިތުރުން ހދ. ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކަށެވެ.

މި ޚިދުމަތް ސަޕޯޓް ކުރާ ޑިވައިސްތައް ގެންގުޅޭ ދިރާގުގެ ކަސްޓަމަރުންނަށް އެއްވެސް އިތުރު ޑޭޓާ ޗާޖަކާ ނުލާ އަދި މިހާރު ގެންގުޅޭ ސިމް މެދުވެރިކޮށް ލިބޭނެ އެވެ.

ދިރާގުން ބުނެފައިވަނީ ދުނިޔޭގައި 5ޖީ ސަޕޯޓްކުރާ ޑިވައިސްތައް މަދުކަމުން އެފަދަ ފޯނުތައް އުފައްދާ ކުންފުނިތަކާ މަޝްވަރާކޮށް ރާއްޖެއަށް އޭގެ ފޯނުތަކާއި ޑިވައިސްތައް ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

 

 

މިއަދު އޮންލައިން