އައިއޯއައިޖީގެ ރަން މެޑެލް ހޯދި އެތްލީޓުންގެ ޖާރޒީ ސްޓެލްކޯއިން ސްޕޮންސަރކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 6ސ
އައިއޯއައިޖީގެ ރަން މެޑެލް ހޯދި އެތްލީޓުންގެ ޖާރޒީ ސްޓެލްކޯއިން ސްޕޮންސަރކޮށްފި

އައިއޯއައިޖީ އިން ރަން މެޑަލް ހޯދި އެތުލީޓުންގެ ޖާރޒީ ސްޓެލްކޯ އިން ސްޕޮންސަރކޮށްފިއެވެ.

މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެތުލީޓުންގެ ޝަރަފުގައި ޚާއްޞަ ހަފުލާއެއް އެ ކުންފުނީގެ ހެޑް އޮފީހުގައި ބާއްވާފައިވާ އިރު، އެ ކުންފުނިން ވަނީ ރަތް ދޫލައިގެ މަރުޙަބާއެއް އެތްލީޓުންނަށް ކިޔާފައެވެ.

އައިއޯއަޖީގައި ރަން މެޑަލް ހޯދި އެތުލީޓުންގެތެރޭގައި ޓޭބަލް ޓެނިހުން ރަން މެޑަލް ކާމިޔާބު ކުރި ހަތަރު ކުޅުންތެރިންނާއި ބެޑްމިންޓަން އަންހެން ސިންގަލްސް އިން މެޑަލް ހާސިލް ކުރި ނަބީހާ ޢަބްދުއްރައްޒާގު ހިމެނެއެވެ.

ސްޓެލްކޯއިން ވަނީ މި އެތުލީޓުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއްދީފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުގްނީ ވިދާޅުވީ މިފަހަރު އައިއޯޖީގައި ރާއްޖެ ހޯދި ކާމިޔާބީއަށް ފަޚުރުވެރިވާކަމަށާއި 2023 ވަނަ އަހަރުގެ ރާއްޖޭގައި ބާއްވާ އައިއޯއައިޖީގައި މިއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގާއި ސްޓެލްކޯގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ޙަފުލާގައި މުގްނީ ވިދާޅުވީ ރާއްޖޭގައި ބާއްވާ އައިއޯއައިޖީ ގައި ސްޓެލްކޯއިން އެހިތެރިކަން ފޮރުކޮށްދޭނެ ކަމަށެވެ.

މިއަދު އޮންލައިން