ޢީދު ޗުއްޓީގަ ޤައުމުން ބޭރަށްދާ މީހުން އެސްފީނާ އިން ދަރިން ސަލާމަތްކުރަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ޢީދު ޗުއްޓީގަ ޤައުމުން ބޭރަށްދާ މީހުން އެސްފީނާ އިން ދަރިން ސަލާމަތްކުރަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ!: މުފްތީ މެންކް

ޢީދު ޗުއްޓީގައި ވަރަށް ގިނަ މީހުން ޤައުމުން ބޭރަށްދާނެއެވެ. މިގޮތަށް ގޮސް އުޅޭއިރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ އެސްފީނާއަށެވެ. އެސްފީނާ ތިބާ އާއި ތިބާގެ ދަރިންނަށް ޖެހޭނީ ގޮސް ހުރި ޤައުމުގެ މީހުންގެ ކިބައަކުން ނޫނެވެ. ތިބާގެ އަމިއްލަ ޤައުމުގެ މީހުންގެ ކިބައިންނެވެ.  

ތިބާ އަނބިދަރިން ގޮވައިގެން ޤައުމުން ބޭރަށް ދިއަ ފަދައިން ދާން ބޭނުންވި، އެހެން ނަމަވެސް މާލީ ސަބަބުތަކާއި އަދި އެނޫންވެސް ސަބަބުތަކާއި ހުރެ ނުދެވުނު އެތައް ބައަކު ޢާއިލާގެ ތެރޭގައިވެސް އަދި ރައްޓެހިންގެ ތެރޭގައިވެސް ތިބޭނެއެވެ. ތިބާ ހަމަ ޗުއްޓީގައި ދިއަ ޤައުމުގެ ރީތިހައި ތަންތަނުގައި ފޮޓޯ ނަގައި ވީޑިއޯކޮށް ޢާންމުކުރަނީއެވެ. ދެން މިވަނީ ކިހިނަކުން ހެއްޔެވެ؟ ޝައިޠާނާ ދެމެދަށް ވަދެގަންނާނެއެވެ. ހަސަދަ އުފައްދުވާނެއެވެ. އެސްފީނާ ފޮނުވަން ފަށާނެއެވެ. ވީމާ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. 

އެހެނީ ކިތަންމެ ގާތް ނަމަވެސް ހަސަދަވެރި ނުވާ މީހަކު މިހާރު ވަރަށް މަދުވާނެއެވެ. ހެޔޮ ދުޢާ ކުރާ މީހުންނަށްވުރެ ގިނަވާނީ ބަދު ދުޢާކުރާ ހަސަދަވެރިންނެވެ. އެމީހަކަށް ނުލިބުނު ނިޢްމަތެއް އެހެން މީހަކަށް ލިބިއްޖެ ނަމަ އެކަމަށް ޙަސަދަވެރިވެ ކެކި އުތުރި ނުއަރާނެ މީހަކު މިހާރު ވަރަށް މަދުވާނެއެވެ. 

މިސާލަކަށް ތިބާ އުޅެނީ ޢީދުގައި އަނބިދަރިން ގޮވައިގެން ޗުއްޓީއަކަށް ކޮންމެވެސް ތަނަކަށް ދާށެވެ. އެ ބާވަތުގެ ކަންކަމަކީ ކޮންމެހެން ހުރިހާ ރައްޓެހިންނާ ޢާއިލާގެ އެންމެންނަށް އަންގަންޖެހޭ ކަންކަމެއް ނޫނެވެ. ބުނެލަން ޖެހޭނެ ބައަކު ޢާއިލާގައިވެސް ތިބެދާނެއެވެ. އެމީހުންގެ ގާތުގައި ސިއްރުން ބުނެލުމުން ފުދޭނެއެވެ.

މިޒަމާނަކީ ކޮންމެ ޤައުމެއްގައި ހުރެގެން ނަމަވެސް ތިމާގެ ނަމްބަރުން މީހުންނަށް ފޯނުކޮށް ވާހަކަ ދެއްކޭ ޒަމާނެވެ. ވީމާ ހުރި ޤައުމު ކޮންމެހެންނަށް އަންގާކަށް ނުޖެހިފައެވެ. ވައިފައި އޮންކޮށްލައިގެން ވާހަކަ ދެއްކޭނެއެވެ. ކޮންމެހެން ހުރި ޤައުމާއި ކުރާހައި ކަމެއް އެންމެންނަށް އަންގާކަށް ނުޖެހެއެވެ. 

މިކަންކަމަށް ވިސްނާ ނުލައި ތިބެގެން އެންމެ ކުރިން ވެސް ބުނި ފަދައިން ފޮޓޯތަކާއި ވީޑިއޯތައް ޢާންމުކުރުމުގެ ޙަޤީޤީ ނަތީޖާއަކަށްވަނީ އެ ދަރިފުޅަކަށް އުފާ ހޯދައިދިނުމަށް މަސައްކަތް ކުރި ލޯބިލޯބި ދަރިފުޅަށް ބޮޑު ވޭނަކަށްވުމެވެ. އެސްފީނާގެ ޝިކާރައަކަށްވުމެވެ. ވީމާ ޢާންމުކޮށް ހުރިހާ މައިންބަފައިން ޚާއްޞަކޮށް ޤައުމުން ބޭރަށް ފަދަ އެހެން މީހުންގެ ހިތުގައި ހަސަދަވެރިކަން އެފެދޭފަދަ ތަންތަނަށް ދާން ޤަބްދުކުރާ މީހުން މިކަންކަމަށް ސަމާލުކަން އިތުރުކުރާށެވެ! ތިމާ އަބައަދު ދެކެ އެންމެ ލޯބިވާ ދަރިންނާއި އަނބިން އެސްފީނާ އިން ސަލާމަތްކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން