ޓަގު ބޯޓެއްގައި ފިލައިގެން ރާއްޖެއިން ބޭރުގައި ދަތުރުކުރަނިކޮށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ހިފަހައްޓާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އަދީބު ފިލި މައްސަލާގައި މިއަދު ހަވީރު ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނީ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ކުރާ ތަހުގީގަށް ހާޒިރުވުމަށް އަދީބަށް އެންގި ނަމަވެސް ހާޒިރުވެފައި ނުވާ ކަމަށެވެ. ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުުވުމަށް އަދީބަށް އަންގާފައިވަނީ އިއްޔެ މެންދުރު 2:00 އަށް ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.
އަދީބު އިންޑިއާ އަށް އެތެރެވާން އުޅުނީ ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތި އަދި އިންޑިއާގެ ހުއްދައަކާ ވެސް ނެތި އެވެ.