މީސްތަކުން ތިބާ ދެކެ ރުޅި އަންނަނީ ހެއްޔެވެ؟ ހަސަދަވެރިވަނީ ހެއްޔެވެ؟ އަޅައިވެސް ނުލާށެވެ! އެމީހުންނާ ދުރަށް ޖެހިލާށެވެ! ތައުބާވުން އިތުރުކޮށްލައި ﷲ ތަޢާލާ އާއި ގާތަށް ޖެހިލާށެވެ! ހުރިހާ މައްސަލަތަކެއް ޙައްލުވާނެއެވެ!
ތިބާ ހުރީ ޙައްޤު މަގުގައި ކަމުގައިވާނަމަ އެއްވެސް މީހަކަށް ތިބާއަށް ދެވޭނެ އެއްވެސް ގެއްލުމެއް ނުއޮންނާނެއެވެ! ކުރެވޭނެ އެއްވެސް ކަމެއްވެސް ނުއޮންނާނެއެވެ!
ނަމަވެސް ހިތާމައަކީ މީސްތަކުންގެ ރުހުން ހޯދަން ގިނަ ބައަކަށް ﷲ ތަޢާލާ އާއި ދުރަށް ޖެހިލެވޭ ކަމެވެ. އެފަދަ މީހުންނަށް މީސްތަކުންގެ ރުހުމެއްވެސް ނުހޯދޭނެއެވެ. އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއްވެސް ނުލިބޭނެއެވެ. ވީމާ މީސްތަކުންގެ ރުހުން ހޯދަން ﷲ ތަޢާލާގެ އެންގެވުންތަކާއި ދުރަށްދާ މީހުންނަކީ ދެދުނިޔެއިން ގެއްލި ބާކީވާނެ މީހުންނެވެ.
- މުފްތީ މެންކް