ހިތްދަތިވެ އެނދުގަ އޮވެގެން ހައްލެއް ނުލިބޭނެ - ހާލަތު ބަދަލުކުރެވޭނެ ގޮތް މިއޮތީ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހިތްދަތިވެ އެނދުގަ އޮވެގެން ހައްލެއް ނުލިބޭނެ - ހާލަތު ބަދަލުކުރެވޭނެ ގޮތް މިއޮތީ!: މުފްތީ މެންކް

ހިތްދަތިކަމެއް ލިބޭއިރަށް ބައެއް މީހުން އެނދަށް އަރައި ރަޖާލައެވެ. އެމީހުންނަށް ހީވަނީ އެމީހުންގެ ހިތްދަތިކަން ފިލާނީ އެގޮތުން ކަމަށެވެ. ނަމަވެސް އެނދުގައި އޮތުމަކީ މާޔޫސްކަން އިތުރުވާ ކަމެކެވެ. ވީމާ އެކުރެވެނީ ކުށްހީއެކެވެ. 

ހިތްދަތިކަމެއް ލިބިއްޖެނަމަ އަރަންވީ އެނދަކަށް ނޫނެވެ! މުސައްލަ މައްޗަށެވެ. ކުރަންވީ ނަމާދެވެ! އެނދަށް އަރައި ކުރަންވީ ކަމަކީ ފިކުރުކުރުމެއް ނޫނެވެ. ދޫ މައްޗަށް އެންމެ ފަސޭހަ ޛިކުރު ކިޔުން ގިނަކުރަންވީއެވެ. ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކާއިމެދު ވިސްނަންވީއެވެ. 

ނުލިބިގެން ތިއަ ކަންބޮޑުވަނީ އެންމެ ނިޢްމަތެއް ނޫން ހެއްޔެވެ؟ ނޫނީ ކަންބޮޑުވެގެން ތިއަވަރަށް ތިއަ އުޅެނީ އެދޭ ހަމަ އެންމެ ކަމެއް ހާޞިލު ނުވެގެން ނޫން ހެއްޔެވެ؟ ﷲ ތަޢާލާ އެތައް ހާސް ނިޢްމަތްތަކެއް ދެއްވަވާފައިވާއިރު ތިމާ އެދޭ ގޮތަށް އެންމެ ކަމެއް ޙާޞިލުނުވެގެން ތިއަވަރަށް ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ 

އެފަދަ ހާލަތުގައި އެންމެ ފައިދާ ކުރާނެ ގޮތް ބުނަން ހެއްޔެވެ؟ ވިސްނުން ބަދަލުކޮށްލާށެވެ! ހާޞިލު ނުވެގެން ތިއަ ކަންބޮޑުވާ ކަންތައް ޙާޞިލު ނުވެ ލަސްވަނީ ތިމާއަށް އެގޮތުން ފައިދާ ބޮޑުވާނެތީ ކަމަށް ވިސްނުމަށް ގެންނާށެވެ! ހުރިހާ މާޔޫސްކަމެއް ފިލާނެއެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން