ބަލިމީހަކަށް ޒިޔާރަތްކުރާއިރު ގެންދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ބަލިމީހަކަށް ޒިޔާރަތްކުރާއިރު ގެންދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

ބަލިމީހުންނަށް ޒިޔާތްކުރުމަކީ ގަދަވެ ތިބި މީހުންގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެކެވެ. އެކަމަށް ރަސޫލް (ޞޢވ) ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ.

ބަލި މީހުންގެ ގާތަށް ޒިޔާރަތްކުރާއިރު ކުޅަދާނަކަން ލިބިގެންވާ ވަރަކުން ހަދިޔާ ފަދަ ތަކެތި ގެންގޮސް ދިނުމަކީ ވަރަށް ރަނގަޅު ކަމެކެވެ. މޭވާއެއް ނުވަތަ އެނޫންވެސް ބަލިމީހާއަށް ކެވޭނެ އަދި ބޭނުން ހިފޭނެ އެއްޗެއް ގެންގޮސް ދިނުމަކީ މަތިވެރި ޞަދަޤާތެކެވެ. ތަނަވަސްކަން ހުރިނަމަ ފައިސާގެ ގޮތުން އެހީތެރިވެދިނުންވެސް މެއެވެ.

އެހެންކަމާއިއެކުވެސް އެންމެ އަގު ބޮޑު ހަދިޔާއަކީ އެމީހަކު ކުރާ ހެޔޮ ދުޢާއެވެ. އަވަސް ޝިފާޢެއް ދެއްވެވުން އެދި ކުރާ ދުޢާއެވެ. ވީމާ ގެންދާނެ ހަދިޔާއެއް ނުލިބުމަކީ ބަލިމީހުންނަށް ޒިޔާރަތް ނުކޮށް ހުންނަން ޖެހެންވީ ސަބަބެއް ނޫނެވެ. ގެންދާނެ އެއްވެސް އެއްޗެއް ނެތް ނަމަވެސް އަވަހަށް ދާށެވެ! ގޮސް އެމީހަކަށްޓަކައި ހެޔޮ ދުޢާކޮށްދޭށެވެ! އެމީހާގެ ޣައިހާޒިރުގައިވެސް ދުޢާކުރާށެވެ.

މީހަކަށް ނުއެނގި އެމީހާއަށް ހެޔޮ ރަހްމަތް ލެއްވެވުންއެދި ދުޢާކޮށްފިނަމަ އެ ދުޢާކުރި ކަމެއް އެމީހަކަށް (ދުޢާކުރި މީހާއަށް) މިންވަރުކުރެއްވެވުން އެދި މަލާއިކަތުން ދުޢާކުރައްވަވަތެވެ. ވީމާ މިއީވެސް ދުޢާކުރާ މީހާއަށް ލިބިގެންދާ ކިހައި މަތިވެރި ނިޢްމަތެއްތޯއެވެ!

ހުކުރު ދުވަހަކީ ބަންދު ދުވަހަކަށްވުމުން ގިނަ ބައަކު ބަލިމީހުންނަށް ޒިޔާރަތް ކުރެއެވެ. ވީމާ މިދިން ނަޞޭޙަތްކޮޅުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނެ ކަމަށް އުންމީދުކުރަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން