އަދީބް މާލެ ގެނެސް ފުލުސް އޮފީހަށް ހާޒިރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
އަދީބް މާލެ ގެނެސް ފުލުސް އޮފީހަށް ހާޒިރުކޮށްފި

ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބް މާލެ ގެެނސް ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބް ރާއްޖެ ގެނައީ ކޯސްޓްގާޑް ޝިޕް ހުރަވީގައެވެ.

އެއްވެސް ޓްރެވަލް ޑޮކިޔުމަންޓެއް ނެތި ޓަގްބޯޓެއްގައި ފުރައިގެންގޮސް އިންޑިއާގެ ޓުޓިކޮރިންއަށް އެތެރެވާން އުޅެނިކޮށް އިންޑިއާއިން އަދީބް އަތުލައިގެންފައިވަނީ މިދިއަ ބުރާސްފަތި ދުވަހުއެވެ. އަތުލައިގަތުމުން އަދީބް ވަނީ އިންޑިއާގެ ހިމާޔަތަށް އެދިފައެވެ. ނަމަވެސް އެ ފުރުޞަތު ނުދީ އިންޑިއާއިން އަދީބް ވަނީ ރާއްޖޭގެ ސިފައިންނާއި ހަވާލުކޮށްފައެވެ. އަދި އެއިގެ ފަހުން އަދީބް ހުރީ ފުލުހުންގެ ބެލުމުގެދަށުގައިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. 

އަދީބް ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ އދ އަށް ހުށަހަޅަން ތައްޔާރުވަމުން އަންނަކަމަށް އަދީބުގެ ވަކީލުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން