ރާއްޖޭގައި ލިބެންހުރި ކެންސަރު ބަލީގެ ފަރުވާ އިތުރަށް ފުޅާ ކުރަން އެސްޓީއޯ އިން އެހީތެރިކަން އިތުރުކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ރާއްޖޭގައި ލިބެންހުރި ކެންސަރު ބަލީގެ ފަރުވާ އިތުރަށް ފުޅާ ކުރަން އެސްޓީއޯ އިން އެހީތެރިކަން އިތުރުކުރަނީ!

ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ އެސްޓީއޯ އިން ސަތޭކައަށްވުރެ ގިނަ ބައިވެރިންނާއިއެކު 'އޮންކޯ ސްޕެކްޓްރާ' ގެ ނަމުގައި ކޮންފަރެންސެއް ހުޅުލެ އައިލެންޑް ހޮޓެލްގައި ބާއްވައިފިއެވެ. 

އެސްޓީއޯގެ ފަރާތުން ސިއްހީ ދާއިރާ ކުރިއެރުވުމަށް މިހާތަނަށް ވަނީ ވަރަށް ގިނަ ވޯކްޝޮޕްތަކާއި ކޮންފަރެންސްތަށް ބާއްވާފައެވެ. އަދި މި ކޮންފަރެންސްގައި ބައިވެރިވި ނަރުހުންނަށް ހާއްސަ ފުލް ޑޭ ޓްރެއިނިންގ ޕްރޮގްރާމްއެއް 05 އޮގަސްޓްގައި ކުރިއަށް ގެންދެވޭނެއެވެ.

އެސްޓީއޯ އިން ބުނީ މިކޮންފެރެންސްގެ މައިގަނޑު މަގްސަދަކީ ކެންސަރުގެ ބަލިތަކާ އަދި އެބަލިތަކަށް މިހާރު ލިބެންހުރި ބޭސްފަރުވާގެ މައުލޫމާތާއި، ކުރިން ރާއްޖެއިން ލިބެންނެތް ފަރުވާތަކާއި ބޭސްތައް އަލަށް ތައާރަފް ކޮށްދިނުން ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގައި ކެންސަރު ބަލިތަކަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ރާއްޖެއިން ބޭރަށް ނުގޮސް ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ. 

މިކޮންފަރެންސްގައި އައި.ޖީ.އެމް.އެޗް، އޭ.ޑީ.ކޭ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގެ ޑަކުޓަރުންނާއި، ނަރުހުންނާއި ލެބޯރެޓަރީ ޓެކްނީޝަނުން ވަނީ ބައިވެރިވެފައެވެ.

ޑރ. ރެޑީސްގެ ފަރާތުން އިސްނަގައިގެން bEwqvi މި ކޮންފަރެންސް އިންތިޒާމުކުރެވިފައިވަނީ އެސްޓީއޯ އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ވިލިމާލެ ހޮސްޕިޓަލުގެ ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ.

~ ~ ~

 

މިއަދު އޮންލައިން