ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދާ މެދު ގޮތް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފި އެވެ.
ޓަގް ބޯޓެއްގައި ފިލައިގެން ދިއުމުން ހައްޔަރުކޮށްގެން އަދީބް ރާއްޖެ ގެނައީ ޝިޕް ހުރަވީގައެވެ. އަދި މިރޭ ވަނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގްއަށް ވެސް ހާޒިރުކޮށްފައެވެ.
ގަނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ އދގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއަށް ހުށަހަޅަން އަދީބު ގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުން ވަނީ ނިންމާފައެވެ.