ހިތްދަތިކަމާ މާޔޫސްކަން އެންމެނަނާއި ހިއްޞާ ނުކުރާށެވެ! ލިބޭ ފައިދާއަށްވުރެ ލިބޭ ގެއްލުން މާބޮޑުވާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ހިތްދަތިކަމާ މާޔޫސްކަން އެންމެނަނާއި ހިއްޞާ ނުކުރާށެވެ! ލިބޭ ފައިދާއަށްވުރެ ލިބޭ ގެއްލުން މާބޮޑުވާނެއެވެ!

ތިމާއަށް ކަންބޮޑުވުމެއް ކުރިމަތިވެފައިވުމަކީ ބައްދަލުވާ މީހާގެ މައްސަލައެއް ނޫނެވެ. އެހެނީ އެ މައްސަލަ ތިބާ އާއި ކުރިމަތިވެފައިވާނީ އެމިހާގެ ސަބަބަކުންނޭވެ! ވީމާ ތިބާގެ ކިބައި އޮތް ހިތްހަމަނުޖެހުން ބައްދަލުވާ ކޮންމެ މީހެއްގެ ކުރިމައްޗަށް ހުށަނުއަޅާށެވެ! އެމީހެއްގެ ބޮލަށް ހުސްކޮށް ނުލާށެވެ! 

އެއްވެސް މައްސަލައެއް ނެތި ހުރިހާ ކަމަކުން ހިތްހަމަޖެހުން ލިބިގެން ދުނިޔޭގައި މިއަދު ދިރިއުޅޭނީ ވަރަށް މަދު ބައެކެވެ. ވަރަށް މަދު މީހެކެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ހުންނާނީ މައްސަލަތަކަކާއި ހެދި ކަންބޮޑުވެފައެވެ. އެހާލުގައި ހުޓައި އިތުރު މައްސަލަތަކެއް ހުށަހެޅުމުން ގިނަ ބައަކު ވަރަށް ބޮޑަށް ފޫހިވާނެއެވެ. 

ދިރިއުޅެން ޖެހިފައިވަނީ މައްސަލަތަކެއްގެ ތެރޭގައި ނަމަވެސް އެކަން ހިއްސާކުރަން ޖެހޭނީ ހިއްޞާކުރުމުން ލުޔެއް ލިބިދާނެ މީހަކާއެވެ. ފައިދާއެއް ކޮށްފާނެ މީހަކާއެއް ނޫނެވެ. 

ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ރަސޫލް (ޞޢވ)ގެ އެއްވެސް އަނބިކަނބަލެއްގެ ގެކޮޅުގައި ކައްކާނެ އެއްވެސް އެއްޗެއް ނެތި އެތައް ދުވަހެއް ފާއިތުވެގެންދާއިރު އެކަންވެސް ރަސޫލް (ޞޢވ) ޞަހާބީންނާއި ޙިއްޞާކުރައްވަވާފައެއް ނުވެއެވެ. އަދި އެއްވެސް އަނބިކަނބަލަކުވެސް އެކަން ހިއްބާ ކުރައްވަވާފައެއް ނުވެއެވެ. އެހާލުކޮޅުގައި ދެމަސް ފާއިތުވި ފަހަރަކު ޢުޘްމާންގެފާނަށް އެކަން އެނގިވަޑައިގެން ތަކެތި ދެއްވެވުމަށްފަހު ދެން އެފަދަ ހާލުކޮޅެއް މެދުވެރިވެއްޖެނަމަ އެންގެވުމަށް ވިދާޅުވި ހާދިސާއިން މިކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. 

މިއީ މިސާލެއްގެ ގޮތުން ބުނެދިން ވާހަކައެކެވެ. ބޭނުމަކީ އެމީހަކަށް އުފުލަން ޖެހިފައިވާ ތަކްލީފުގެ ވާހަކަ އެންމެނާއި ހިއްޞާ ނުކުރަން ބުނުމެވެ. އަދި މާޔޫސްކަމެއް ލިބިފައިވީނަމަވެސް އެކަމުގެ ހިތްހަމަ ނުޖެހުން އެންމެންނަށް ނުދެއްކުމަށް ބުނުމެވެ! އެގޮތަށް ކަންކަން ކުރުމުން ލިބޭ ފައިދާއަށްވުރެ ގިނަ ފަހަރު އޮންނާނީ ލިބޭ ގެއްލުން ބޮޑުވެފައެވެ. އެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ މީހުން ގިނަވާނެތީއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން