އަދީބްގެ މައްސަލައެއް މާދަމާ ދިހަގަޑި ބަޔަށް ސްޕްރީމް ކޯޓުގައި ތާވަލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އަދީބްގެ މައްސަލައެއް މާދަމާ ދިހަގަޑި ބަޔަށް ސްޕްރީމް ކޯޓުގައި ތާވަލުކޮށްފި

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް މައްސަލައެއް މާދަމާ 10.30 އަށް ސްޕްރީމް ކޯޓުގައި ތާވަލުކޮށްފި އެވެ. ސްޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނީ ދައުލަތުން އިސްތިޢްނާފްކޮށްފައިވާ ޚިޔާނާތުގެ މައްސަލައެކެވެ.

މާދަމާއަށް ތާވަލުކޮށްފައިވަނީ ކުރެއްދޫ ހޯލްޑިންގސް އިން އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ 5 މިލިއަން ޑޮލަރަށް އަދީބް ޚިޔާނާތްތެރިވެފައިވާ މައްސަލައެވެ.

ރާއްޖޜޭގައި މިހައިތަނަށް ކޮށްފައިވާ އެންމެ ބޮޑު ވައްކަން ކަމުގައި އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތުގެ ތެރެއިން ވަގަށް ނަގާފައިވާ ފައިސާ ހޯދަން ސަރުކާރުން ކުރާ މަސައްކަތުގައި އަދި ވަނީ އެއްވެސް ކުރިއެރުމެއް ނުލިބިއެވެ. ވަގަށް ނެގިކަން ސާބިތުވާ 1.3 ބިލިއަން ރުފިޔާއަށްވުރެ އަބަދުވެސް ކޯޓޫތަކުގައި ބޮޑުވެގެން އުޅޭތަން ފެންނަނީ އަހްމަދު އަދީބް އާއި ރައީސް ޔާމީނުގެ ޙައްޤުތައްކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.

މިއަދު އޮންލައިން