ބޮޑު ޢީދުގަ ޝައިޠާނާގެ އަޑުތަކުގަ ޖެހި ބަނޑިތައް ލެއްވުމުގެ ކުރިން ދުނިޔޭގެ ބޮޑެތި އިލްމުވެރިންގެ އަޑުތައްއަހައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ބޮޑު ޢީދުގަ ޝައިޠާނާގެ އަޑުތަކުގަ ޖެހި ބަނޑިތައް ލެއްވުމުގެ ކުރިން ދުނިޔޭގެ ބޮޑެތި އިލްމުވެރިންގެ އަޑުތައްއަހައިލާށެވެ!

އަންނަ ހޯމަ ދުވަސް ވެގެންދާނީ މިއަހަރުގެ ބޮޑު ޢިދު ދުވަހަށެވެ. ވީމާ ކުރިއަށް މިއޮތީ އެންމެ 7 ދުވަހެވެ.

މިޚަބަރުގައިވާ ވީޑިއޯ އަޑުއައްސަވައިލައްވާށެވެ! މުފްތީ މެންކް، ޝައިޚް ބިލާލް އްސަދު، ޝައިޚް ޝާދީ އަލްސުލައިމާން ފަދަ ދުނިޔޭގެރ އެންމެ މަޝްހޫރު ދީނީ ޢިލްމުވެރިންގެ ބަސްފުޅުތައް އަޑުއައްސަވައިލައްވާށެވެ. ލިޔުމުގައިވާ ވީޑިއޯއަކީ މި 3 ޢިލްމުވެރިން ގެ ބަސްފުޅު ވަރަށް ސާފުކޮށް އެނގޭ ގޮތަށް އުފައްދާފައިވާ ވީޑިއޯއެކެވެ.  

ޝީތުގެފާނަށް ތަބަޢަވީ މީހުން އިބިލީހުގެ ދުންމާރީގެ އަވާގައި ޖެހި މަގުފުރެދިގެން ދިއަކަން އެނގޭއިރު މިއަދު ހެރިޓޭޖް މިނިސްޓްރީ އާއި ފަންނާނުންގެ ދުންމާރިތަކަށް އެނބުރި މަގުފުރެދުން މާކައިރިވާނެއެވެ. ވީމާ މިފަދަ ހާލަތުން ސަލާމަތްކަމަށް އެދޭމީހާއަށް މި 3 ޢިލްމުވެރިންގެ ދަރުސުން އިބްރަތެއް ޙާޞިލުކުރެވޭނެއެވެ.  

މިޔުޒިކް ތަޢާރަފްކުރީވެސް އަދި މިޔުޒިކް ކުޅޭނެ ތަކެތި އުފައްދައި ބޭނުންކުރަން ދަސްކޮށްދިނީވެސް ޒުވާނެއްގެ ސިފައިގައި އިބިލީސް އައިސްކަން އެނގިގެން ދާނެއެވެ. 

ނެށުން މިކިޔަނީ މިޔުޒިކްގެ އަޑު އިވުމުން ހަށިގަނޑަށް ގެނެވޭ ޙަރަކާތަށެވެ. އެ ހަރަކާތް ފެށުނު ގޮތް ވެސް އެނގިގެންދާނެއެވެ.  

ދުނިޔެ ފެށުނީންސުރެ ކޮންމެވެސް ބައަކު ފާފަތައް ކުރެއެވެ. ނަމަވެސް ފާފަކުރަމުން އައީ އެމީހަކު ކުރާ ކަމެއްގެ ގޮތުގައެވެ. ގިނަ ބައަކު އެއްވެގެން ދައުވަތުދީގެން ކުރަން ފެށުނު ފާފައަކީ ޒިނޭ ކުރުމެވެ. ޒިނޭ ކުރުން ފެށިގެން އައި ގޮތް ވެސް ދަރުސުން އެނގިވަޑައިގަންނަވާނެއެވެ.  

އާދަމްގެފާނުގެ ދެދަރިކަލުންނަށް ތަބައަވީ ދެ ބަމީހުން އެކުނުވުމަށް ﷲ ތަޢާލާ ވަހީކުރައްވަވާފައިވަނިކޮށް އެ ހުރަސް ނައްތައިލީވެސް ހަމަ އިބިލީހުގެ މިޔުޒިކެވެ. ފިރިހެނުން އަވާގައި ޖެއްސުވުމަށްޓަކައި އަންހެނުން ޒީނަތްތެރިވެ ފިރިހެނުން އަތުލައިގަންނަން ނުކުތުން ފެށިގެން އައިސްފައިވަނީ ވެސް ހަމަ އިބިލީހުގެ ދުންމާރި މަޅީގެ ތެރެއިންނެވެ.  

ދުނިޔޭގައި ދެޖިންސުން މަސްހުނިވެ އުޅުމާއި ޒިނޭކުރުން ފެށިގެން އައިސްފައިވަނީވެސް ހަމަ އިބިލީހުގެ ދުންމާރީގެ ތެރެއިންނެވެ. މިހުރިހައި ކަންކަމެއް ހިނގައި ދިއައީ ދާދި އެކުއެކުގައެވެ.  

ފަންނާނުންގެ ޢީދު ކިޔާފައި ނަމަވެސް އެހެން ނަމެއް ކިޔާފައި ނަމަވެސް ކުރެވޭ އެއްވެސް ޙަރާމް ކަމެއް ހުއްދައެއް ނުވާނެއެވެ. ބެކްސްޓޭޖަށް ހިޔަންޏެއްގެ ގޮތަށް ބޭލި ނަމަވެސް ޖީސަސް ކްރައިސްޓް ސިފަވާނަމަ ހަމަ ސިފަކުރެވޭނީ އެގޮތަށެވެ.  

މިނިވަން ދުވަހާއި ގުޅުވައިގެން އަލިމަސް ކާނިވަލަށް ޖީސަސް ކްރައިސްޓް ގެނުވީ ހެރިޓޭޖް މިނިސްޓްރީން ބޭއްވި ޝޯތަކެއްގައެވެ. ރާއްޖޭގެ މިނިވަންކަމާއި ތާރީޚާއި ޘަޤާފަތާއި ޖީސަސް ކްރައިސްޓްގެ ސޫރަ އާއި ހުރި ގުޅުމެއް ނުއެނގޭތީ އެބާވަތުގެ ހިޔަނި ބާލަން ޖެހުނު ސަބަބެއް އަދިވެސް މިވަނީ ނުއެނގިފައެވެ.   

ކޮންމެ ކަމެއް ކޮށްފައި ވެސް އޮޅުވައިލަން ރީތި ނަންނަން ކިޔައިގެން ވާހަކަތައް ދެއްކިދާނެއެވެ. ބަހަނާތައް ދެއްކިދާނެއެވެ. ނަމަވެސް ﷲ ތަޢާލާއަށް އެވެސް ކަމެއް އޮޅުވައެއް ނުލެވޭނެއެވެ. އަދި ދެއްކޭނެ އުޒުރެއްވެސް ނުއޮންނާނެއެވެ. 

ގުޅުންހުރި ވީޑިއޯ:

 

މިއަދު އޮންލައިން