ހުވަފެނުގައި މޫދާއި އުސްތަންތަން ތަކުރާރުކޮށް ފެންނަ ނަމަ އެއީ ސިހުރުގެ ޢަލާމާތެކެވެ. ސަލާމަތްވާން މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ހުވަފެނުގައި މޫދާއި އުސްތަންތަން ތަކުރާރުކޮށް ފެންނަ ނަމަ އެއީ ސިހުރުގެ ޢަލާމާތެކެވެ. ސަލާމަތްވާން މަސައްކަތްކުރާށެވެ!

ހުވަފެނުގަ ފެނާއި ގުޅުން ހުރި ކަންކަން ފެންނަ ނަމަ އިތުރަށް ވިސްނައިލަން ޖެހޭނެއެވެ. ބައެއް މީހުންނަށް ހުވަފެނުގައި މޫދު، ކޯރު، ފެންބޮޑުވެގެން އުޅޭތަން، ފަތާތަން ފަދަ ކަންކަން ތަކުރާރުކޮށް ފެންނަ ނަމަ އެއީ އެމީހަކަށް ހަދާފައިވާ ސިހުރެއް މޫދަށް ގިރުވާލާފައިވާތީ ފެންނަ ހުވަފެން ކަމަށްވެދާނެއެވެ. 

ސިހުރު މޫދަށް ގިރުވަނީ އެމީހަކު ކުރާ ހުރިހާ ކަންކަން ފޭލް ކުރުވުމަށެވެ. ދިރިއުޅޭ ކުރާ މަސައްކަތާއި ޢާއިލީ ގުޅުންވެސް ފެން ފަދައިން ދިޔާވެގެން ދިއުމަށެވެ. އަތުގައި ހުންނަ މުދައު ވެސް ގެއްލި ހުރިހާ ކަމަކުން ގެއްލުން ދިނުމަށެވެ. 

ސިހުރު ހެދުމަށްފަހު އުސް ތަންތަނުގައި ވަޅުލުން ފަދަ ކަންކަން ވެސް ކުރެއެވެ. ގަސްގަހުގެ ކުރީގައި ބަނުން ފަދަ ކަންކަންވެސް ކުރެއެވެ. މިބާވަތުގެ ކަންކަން ކުރުމުން ސިހުރު ޖެހިއްޖެ ނަމަ މީހާގެ ވިސްނުން "ގޮވާނެ" އެވެ. އަބަދުވެސް ހުންނާނީ ކަންބޮޑުވެފައެވެ. ޝައްކެއްގެ މަތީގައެވެ. ކުރާ އެއްވެސް ކަމެއް މިކުރެވެނީ ރަނގަޅަށް ކަމުގެ އެއްވެސް ޔަޤީންކަމެއް ނުލިބޭނެއެވެ. އަދި އެމީހަކަށް ފައިދާ ކުރާނެ ކަންކަމަށް ވިސްނުމުގެ ފުރުޞަތު ވަރަށް ބޮޑަށް ގެއްލިގެންދާނެއެވެ. 

މިފަދަ ސިހުރެއް ޖެހިއްޖެ ނަމަ އެއްވެސް ކަމެއްގައި ކުރިއަށް ދާން ވަރަށް އުނދަގޫކުރާނެއެވެ. ކުރިއަށްދާން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް ކާމިޔާބުވުމުގެ ފުރުޞަތު ވަރަށް ބޮޑަށް ކުޑަވާނެއެވެ. އަބަދުވެސް އުޅެން ޖެހޭނީ ކުރި ނުއަރާތީއެވެ. 

މިފަދަ ސިހުރެއް ހަދައިފިނަމަ އެމީހަކަށް އުސްތަންތަން ފެނުން ގިނަވާނެއެވެ. ތަންތަނަށް އަރާ ތަނާއި އުދުހެވޭތަންވެސް ފެންނާނެއެވެ. ފްލައިޓުގައި ދަތުރުކުރެވޭތަންވެސް ފެނިދާނެއެވެ. 

މިބާވަތުގެ ކޮންމެ ކަމެއް ވެސް ކުރިމަތިވަނީ ސިހުރުގެ ސަބަބުން ޖުވަތަ ޖިންނީގެ ސަބަބުންނެވެ. ވީމާ މިބާވަތުގެ އެއްވެސް ކަމެއް ހުވަފެނުގައި ފެންނަނަމަ އަޅައި ނުލައި ނުހުންނާށެވެ! އެނގޭ، އިތުބާރުކުރެވޭ މީހުންގެ ކިބައިން ލަފާ ހޯދައިގެން ސިހުރު ބާޠިލުކުރުމަށް ކުރަން ހުރި މަސައްކަތްތައް ކުރާށެވެ! ރުޤްޔާކުރާށެވެ! ސިހުރު ބާޠިލުކުރަން ކިޔަވަން ހުރި ކީރިތި ޤްރުއާނުގެ އާޔަތްތައް ކިޔަވާށެވެ! މީހެއްގެ ލަފާ ހޯދި ނަމަވެސް ކިޔެވުން ރަނގަޅީ އަމިއްލައަށެވެ. އެމީޙަކަށް ކުރިމަތިވެފައިވާ ކަމަކުން ސަލާމަތްވާން އެމީހަކު ކުރާ މަސައްކަތް ކާމިޔާބުވުމުގެ ފުރުޞަތު އެތައް ގުނައެއް ބޮޑުވާނެއެވެ.

 

- "ދަ ޕްރޮފެޓްސް ޕާތު"ގެ ދަރުސަކުން

މިއަދު އޮންލައިން