މީހަކަށް އެހީތެރިވެދޭން ބޭނުން ވަނީ ހަމައެކަނި ފައިސާއެއް ނޫނެވެ! ނަޞޭޙަތުގެ އަގު މާބޮޑެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މީހަކަށް އެހީތެރިވެދޭން ބޭނުން ވަނީ ހަމައެކަނި ފައިސާއެއް ނޫނެވެ! ނަޞޭޙަތުގެ އަގު މާބޮޑެވެ!: މުފްތީ މެންކް

މީހެއްގެ ހަޔާތް އުފާވެރިކޮށްދޭން ބޭނުންވަނީ ހަމައެކަނި ފައިސާއެއް ނޫނެވެ. އެކަމަސް ބޭނުންވަނީ ހަމައެކަނި ފައިސާ ކަމަށް ޤަބޫލުކުރެވިއްޖެ ނަމަ އެކުރެވެނީ ކުށްހީއެވެ. 

ކޮންމެ މީހަކީ އެހެން މީހުންނަށް އެހީތެރިވެދެވޭވަރަށް ފައިސާ އަތުގައި ހުންނާނެ މީހެއް ނޫނެވެ. ނަމަވެސް ކޮންމެ މީހަކީވެސް އެހެން މީހެއްގެ ހަޔާތަށް ރަނގަޅު ބަދަލުތަކެއް ގެނެސްދެވިދާނެ މީހެކެވެ. އެމީހެއްގެ އިޚްލާޞްތެރި ނަޞޭޙަތުންނެވެ. ދޭ ހިތްވަރުންނެވެ. އެމީހެއްގެ ހުންނަ އުނި ސިފަތައް ދައްކައިދީގެންނެވެ. ކުރިއަށް އަޅަންޖެހޭ ރަނގަޅު ފިޔަވަޅުތައް ބުނެދީގެންނެވެ. 

ކަން މިހެން އޮތް ނަމަވެސް ގިނަ ޢާއިލާތަކުގައި މިހާރު ގިނައީ އެކަކު އަނެކަކާ ވާހަކަ ނުދައްކާ މީހުންނެވެ. މީހަކު ފެނުމުން ކަމަކު ކިޔައިފާނެތީ ދުރަށް މޫނު އަނބުރައިލާ މީހުންނެވެ. ނުވަތަ ހިތުގައި އޮންނަ ހަސަދަވެރިކަމެއްގެ ސަބަބުން މޫނުދިމާކުރަން ބޭނުން ނުވާ މީހުންނެވެ. 

މީސްތަކުންނޭވެ! މީސްތަކުންނަށް ނަޞޭހަތެރިވުމަކީ އެންމެ މަތިވެރި ޞަދަޤާތުގެ ތެރެއިން ހިމެނޭ އަމަލެކެވެ. ހެޔޮ އަމަލުތައް ކުރަން ވާގިވެރިވެ ހިތްވަރު ދިނުމަކީވެސް ޞަދަޤާތެވެ. ކުރާ ނުބައި އަމަލުތައް ފާހަގަކޮށް އެފަދަ ކަންކަން ކުރުމުން ލިބޭނެ ގެއްލުން ބަޔާންކޮށްދީ ނުބައި އަމަލުތައް ކުރުމާއި ދުރުކުރުވަން މަސައްކަތްކުރުމަކީވެސް އެހައިމެ މަތިވެރި ޞަދަޤާތެކެވެ. މިއިން ކޮންމެ ކަމަކީވެސް އެކަމެއް ކުރުމުން ތިމާއަށް ވެސް ނުހަނު ފައިދާ ކުރާނެ ހެޔޮ އަމަލުތަކެވެ.

އިސްލާމް ދީނަކީ ނަޞޭހަތް ކަމަށް ބުނެވެނީ މިފަދަ އެތައް ބައިވަރު ސަބަބުތައް ހުރުމުންނެވެ!

 

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން