މަޤާމާ ތަނަވަސްކަން ލިބުމުން ބޮޑާވާ މީހުންނަށް - "ކޮންމެ ކިބުރުވެރި ޖައްބާރަކުގެ ހިތުގައި ﷲ ސިއްކަޖައްސަވަތެވެ!: ޤްރްއާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
މަޤާމާ ތަނަވަސްކަން ލިބުމުން ބޮޑާވާ މީހުންނަށް - "ކޮންމެ ކިބުރުވެރި ޖައްބާރަކުގެ ހިތުގައި ﷲ ސިއްކަޖައްސަވަތެވެ!: ޤްރްއާން

ބައެއް މީހުން އެމީހުންގެ އަމިއްލަ ހައިޞިއްޔަތާއިމެދު ބޮޑާވެއެވެ. ފަޚުރުވެރިވެއެވެ. ނިޞްބަތްވާ ޢާއިލާއަށެވެ. ލިބިފައިވާ މަތިވެރި މަޤާމަށެވެ. ޢިއްޒަތާއި ޝަރަފަށެވެ. ބައެއް މީހުންނަށް މަތީ މަޤާމެއް، ޢިއްޒަތެއް ޝަރަފެއްލިބިއްޖެނަމަ ނުވަތަ ތަނަވަސްކަން ލިބިއްޖެނަމަ ބޮޑާކަން ލިބިގަނެ އެންމެ ގާތް އެކުވެރިންގެ މަތިން ވެސް ހަނދާން ނައްތައިލައެވެ.

ނަމާދަށް މިސްކިތަށް އަރަންވެސް ލަދުގަނެއެވެ. ﷲ ތަޢާލާއަށް ސަޖިދަކުރަން ވެސް ލަދުގަންނަނީ ކަމަށްވެދާނެއެވެ. ތިމާ އާއި ޖެހިގެން ނިކަމެތި މީހަކު ސަފުގައި ހުރެދާނެތީކަމަށްވެސް ވެދާނެއެވެ. 

މިފަދަ މީހުން ހަމައެކަނި މި ދެއާޔަތަށް ވިސްނައިލާށެވެ. "ކޮންމެ ކިބުރުވެރި ޖައްބާރަކުގެ ހިތުގައި ﷲ ސިއްކަޖައްސަވަނީ އެފަދައިންނެވެ." އޮތް ބަސްފުޅަށް ޚާއްޞަކޮށް ވިސްނައިލާށެވެ. 

"ﷲ އަށް ދޮގުހެދިމީހުންގެ މޫނުތައް އަނދިރިވެގެންވާތީ، ޤިޔާމަތް  ދުވަހުން ކަލޭ ދެކޭނޫއެވެ. ކިބުރުވެރިން ތިބޭނެތަނެއް ނަރަކައިގައި ނުވޭހެއްޔެވެ." (ޒުމަރު 60) 

"އެއުރެންނީ، ﷲ ގެ އާޔަތް ތަކާމެދުގައި އެއުރެންނަށް ލިބިފައިވާ އެއްވެސް ދަލީލަކާނުލައި ޖަދަލުކުރާ މީހުންނެވެ. ﷲ ގެ ޙަޟްރަތުގައްޔާއި، އީމާންވިމީހުންގެ ގާތުގައި އެކަމަށްހުރި ނުރުހުން ބޮޑުވެގެންވެއެވެ. ކޮންމެ ކިބުރުވެރި ޖައްބާރަކުގެ ހިތުގައި ﷲ ސިއްކަޖައްސަވަނީ އެފަދައިންނެވެ." (ޣާފިރު: 35) 

މީސްތަކުންނޭވެ! ކުޑަކުޑަ މަނިތިއްކަކުން އުފެދޭ އިންސާނާ ބޮޑުވެ ގައިބާރުޖެހުމުން ކިތަންމެ މަތީ މަޤާމެއް ލިބުނު ނަމަވެސް އަދި ކިތަންމެ ބޮޑު ތަނަވަސްކަމެއް ނުވަތަ ކިތަންމެ ބޮޑު ބާރުވެރިކަމެއް ލިބުނު ނަމަވެސް މުސްކުޅިވަންދެން ދުނިޔޭގައި ހުރެއްޖެ ނަމަ ގައިގެ ބާރު ދެރަ ނުވަނީ ކާކުގެ ހެއްޔެވެ؟ މަރުވުމުގެ ވަގުތު ޖެހުމުން މަރުނުވަނީ ކާކު ހެއްޔެވެ؟ މިކަންކަން އަބދުވެސް ލޯތަކަށް ފެންނަމުންދާއިރު ޢިބްރަތް ޙާޞިލު ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ 

ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ވެރިކަން ކުރާ މީހުން ފުރޮޅުލީ ގޮނޑީގައި އުޅެ މަރުވަމުންދާތަން ނުފެންނަނީ ހެއްޔެވެ؟ 

މީސްތަކުންނޭވެ! ޤިޔާމަތް ދުވަހު ﷲ ތައާލާ އެމީހަކަށް ބައްލަވައި ވެސް ނުލައްވަވާނެ މީހުންގެ ތެރޭގައި "ކިބުރުވެރި ސަލާންޖަހާ މީހާ" ހިމެނެއެވެ. ވީމާ އިއްޒަތާއި ތަނަވަސްކަން ދެއްވެވުމުން ކިބުރުވެރިވެ ބޮޑާވާ މީހުންގެ ޙާލަކީ ކޮބައިހެއްޔެވެ؟ 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން