ރާއްޖޭގެ މިސްކިތްތަކުގަ އަންހެނުން ނަމާދުކުރާ ތަންތަނަށް ދުނިޔޭގެ ފެންވަރުގަ ވަނަ ލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރާއްޖޭގެ މިސްކިތްތަކުގަ އަންހެނުން ނަމާދުކުރާ ތަންތަނަށް ދުނިޔޭގެ ފެންވަރުގަ ވަނަ ލިބޭނެ!

"އިސްލާމް ދީނަކީ ދީނަށް އަޅުކަން ކުރުމުގައި ދެޖިންސުގެ މެދުގައިވެސް ހަމަހަމަ އުޞޫލަކުން ވާޖިބުތައް ބަޔާންވެގެންވާ ދީނެކެވެ. ނަމަވެސް މިއަދުވެސް ފެންނަނީ ވަރަށް ތަފާތު ކަންތަކެވެ. މިސްކިތްތަކުގައި އަޅުކަން ކުރަން އަންހެނުންނަށް ޚާއްޞަކޮށްދީފައި ހުންނަ ބައިގެ ސާފުތާހިރުމަކާއި ލިބެން ހުންނަ ފެސިލިޓީތަކަށް ބެލި ނަމަވެސް މިކަން އެނގިގެންދާނެއެވެ. ދުވާނީ ކުނިވަހެވެ. މެހި ކުރަފި ފަދަ ތަކެތި އުޅޭނެއެވެ. 

މަޣްރިބް ކަރަ (މޮރޮއްކޯ) އަކީ އަންހެނުން ނަމާދުކުރާ ތަންތަން އެންމެ ރަނގަޅު ފެންވަރުގައި ބަހައްޓާ ޤައުމެކެވެ. ފެން އިސްކުރުބަރިތަކާއި ސާފުތާހިރުކަން ވެސް ހަމަ ފިރިހެނުން ނަމާދުކުރާ ބައާއި އެއް ފެންވަރުގައި ބަހައްޓައެވެ." 

މިއީ ޑރ. ޢަބްދުﷲ ޙާކިމް ގެ ދަރުސެއްގައި ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

ރާއްޖޭގެ މިސްކިތްތަކުން މިފަދަ އެއްވެސް ތަފާތުކުރުމެއް ނުފެންނާނެއެވެ. ބިއްގަނޑެއް ޖަހައި ވަކިކޮށްލުން ނޫން އެއްވެސް ކަމެއް ކޮށްފައި ނުހުންނާތީއެވެ. މިސްކިތުގެ ކަންކަން ހަމަ އެއް އުޞޫލަކުން ބަލަހައްޓަމުން ގެންދާތީއެވެ. ރާއްޖެއަށް ޒިޔާރަތް ކުރައްވާ ދީނީ ޢިލްމުވެރިންނަށް ރާއްޖޭގެ މިސްކިތްތަކުގައި އަންހެނުންނަށް ޚާށއްޞަކޮށްފައި ހުންނަ ބައިތައް ދެއްކޭނަމަ ރީތިނަން ލިބިގެންދާނެކަން ފާހަގަކުރެވެއެވެ.

 

 

މިއަދު އޮންލައިން