ބީއެމްއެލް އިން އަލްހާ އީދު ބަންދަށް ފަހު ކެލާގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
ބީއެމްއެލް އިން އަލްހާ އީދު ބަންދަށް ފަހު ކެލާގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށަނީ

މުޅި ރާއްޖެއަށް އަމާޒުކޮށް ބޭންކިންގެ ހިދުމަތް ފުޅާކުރަމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް އަލްހާ އީދު ބަންދަށް ފަހު ހއ.ކެލާގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށާނެކަމަށް ބެންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނެފައިވަނީ އީދު ބަންދަށްފަހު ހުޅުވޭ ހަފްތާ ތެރޭގައި ކެލާގައި އޭޓީއެމް ހިދުމަތް ދޭން ފެށޭނެ ކަމަށާއި މިއޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެކަމަށެވެ.

ކެލާގައި ގާއިމްކުރެވޭ އޭޓީއެމް އާއެކު ހއ. ގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ދޭ ހަތަރު ރަށް ހުންނާނެ އެވެ. ހއ. ގައި ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫގައި ބެންކުގެ ތިން ބްރާންޗް މެދުވެރިކޮށް މިހާރު ހިދުމަތް ދެ އެވެ.

ކެލާގައި އޭޓީއެމްގެ ހިދުމަތް ދޭން ފެށުމުން ކެލާގެ ރައްޔިތުންނަށާއި އަދި ކެލާ ކައިރީގެ ރަށްރަށުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެއެވެ.

 

 

މިއަދު އޮންލައިން