2 އަހަރުގެ ފާފަ ފުހެވިގެންދާ ޢަރަފާތު ދުވަހު ރޯދަ ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
2 އަހަރުގެ ފާފަ ފުހެވިގެންދާ ޢަރަފާތު ދުވަހު ރޯދަ ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ.

ޢަރަފާތު ދުވަހު ހައްޖުވެރިން ތިބޭނި ޢަރަފާތު ބިމުގައެވެ. އެމީހުން ރޯދަ ހިފުމެއް ނެތެވެ. ޢަރަފާތް ދުވަހު ރޯދަހިފުން ސުންނަތްވެގެންވަނީ ހައްޖަށް ނުދެވޭ މީހުންނަށެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ޢަރަފާތު ބިމަށް ނުދެވޭ މީހުންގެ ތެރެއިން ރޯދަހިފޭ ހާލަތުގައި ތިބި އެންމެންވެސް އެދުވަހު ރޯދަހިފަންވާނެއެވެ. 

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވަނީ ޢަރަފާތު ދުވަހު ހިފާ ރޯދައިގެ ސަބަބުން އިސްވެ ދިއަ އަހަރާއި ކުރިއަށް އޮތް އަހަރުގެ (ޖުމުލަ 2 އަހަރުގެ) ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށް ތިމަން ކަލޭގެފާނު އުންމީދުކުރައްވާ ކަމަށެވެ. ވީމާ އެންމެ ދުވަހަކު (ޢަރަފާތު ދުވަހު) ހިފާ ރޯދައަކުން 2 އަހަރު ދުވަހުގެ ފާފަ ފުއްސަވައިދެއްވެވުމަށް އެބަ އުންމީދުކުރެވެއެވެ. 

މީސްތަކުންނޭވެ މިފަދަ މަތިވެރި ރޯދައެއް ދޫކޮށް ނުލައިވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ. 

ރަމަޟާން މަހުގެ ރޯދައެއް ޤަޟާ ކުރަން ޖެހިފައިވާ މީހުން ޙައްޖު މަހުގެ ފުރަތަމަ 9 ދުވަސް ތެރޭގައި ރޯދަ ހިފައި ޤަޟާ ކޮށްފިނަމަ އެމީހަކަށް ރޯދަ ޤަޟާ ކުރިކަމުގެ ސަވާބާއި ހުރުމަތްތެރިވެގެންވާ 9 ދުވަހުގައި ރޯދަ ހިފިކަމުގެ ސަވާބު ދެއްވަވާނެތެވެ. އެހެންކަމުން ޚާއްޞަކޮށް ޢަރަފާތު ދުވަހު ރޯދަ ހިފަން ގަދައަޅައި އެންމެންވެސް މަސައްކަތްކުރަންވާނެއެވެ.  

އެންމެ ރޯދައެކެވެ. 2 އަހަރު ދުވަހުގެ ފާފަ ފުއްސަވައިދެއްވެވުމެވެ. މިފަދަ މަތިވެރި ނިޢްމަތެއް ލިބުމުގެ ފުރުޞަތު ދޫކޮށްލަން ހެޔޮ ވެދާނެ ހެއްޔެވެ؟

މިއަދު އޮންލައިން